އަންހެނެއްގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގޭނީ އަންހެނަކަށޭ ބުނެއުޅޭ އަޑު އަހަމެވެ. އެހެނަސް، އެއީ ހަގީގަތެއް ބާއެވެ؟ 21 ވަނަ ގަރުނުގައި ދިރިއުޅުނަސް އަދިވެސް އަންހެނުންނަކީ "ރީތި-ހުތުރު"ގެ މިންގަނޑަށް ފެތެން ޖެހޭ ބައެކޭ ބުނާ ވިސްނުން ފިލައިގެނެއް ނުދެއެވެ. މި ވިސްނުމުގެ ޝިކާރައަކަށް ވަކިން ބޮޑަށް މަޝްހޫރު މީހުން ވެއެވެ.

ބަތަލާއިންނަކީ ބުރުސޫރަ ރީތި ބަޔަކަށް ވާން ޖެހޭ ކަމަށް ބައެއް އަންހެނުންވެސް ބުނެއެވެ. އެގޮތަށް އެމީހުންނަކީ ވަރަށް ހިތްވަރުގަދަ ކަންކަމާ ކެރިގެން ކުރިމަތިލާން ކެރޭ ބަޔަކަށްވެސް ވާނަޖެހެއެވެ. މަލާމާތާއި ފާޑުކިއުން ހަޖަމް ކުރެވޭ ބަޔަކަށް ވެސް ވާންޖެހެއެވެ.

ބޮލީވުޑްގެ މަޝްހޫރު، ބިޕާސާ ބާޝޫ އަކީ މިފަދަ ދެވަނައެއް ނެތް ރީތިކަމުގައި އަރާހުރި ބޮލީވުޑްގެ ތަރިއެކެވެ. ބަތަލާ ބިޕާޝާއަކީ ހިތްވަރުގަދަ އަންހެނެއްކަން އޭނާގެ ވާހަކައިން ދޭހަވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގައި އުމުރުން 39 އަހަރުގައި ބިޕާޝާއަށް އޭނާގެ އަލަތު ދަރިފުޅު ލިބުނެވެ. ބިޕާޝާގެ ހަޔާތަށް އަންހެން ކުއްޖަކު އައީ ދެ ތިން ފިރިހެނަކު އޭނާގެ ހިތް ހަލާކު ކުރުމަށްފަހު ކަރަން ސިންގް ގްރޯވާއާއި ދިމާވުމަށްފަހުއެވެ.

ކަރަންއާއި ބިޕާޝާގެ ކައިވެންޏަށް ލިބުނު މި ކުއްޖާ އުފަންވިއިރު އެކުއްޖާގެ ހިތުގައި ދެ ލޯވަޅު ހުއްޓެވެ. މި ހުރިހާ ދުވަހު ބިޕާޝާއާއި ކަރަން ދިޔައީ އެ އާއިލާގެ އުފާވެރިކަން ފޭނުންނާއި ހަމައަށް ގެނެސްދެމުންނެވެ. އެހެން ނަމަވެސް، އަދި އަދަށްވެސް އެ ދެމަފިރިންގެ ކެކުޅުންތައް ސަޕޯޓަރުން ކުރިމަތީގައި ހާމަކޮށްފައެއް ނުވެއެވެ. އުފާވެރިކަމުގައި ޝާމިލުކުރިޔަސް ހަމްދަރުދީ ހޯދައިގެން މަގުބޫލުކަން ހޯދަން އޭނާ ބޭނުމެއް ނުވިއެވެ.

އެހެންކަމުން، ދަރިފުޅު ދޭވީއަކީ ބަލި ކުއްޖެއްކަން އޭނާ ސިއްރުކުރިއެވެ. އުމުރުން 3 މަހުގައި އެކުއްޖާ ވަނީ ހިތުގެ ސާޖަރީއެއްވެސް ހަދާފައެވެ. ކުއްޖާގެ ބަލި ޙާލަތު ބިޕާޝާ ހާމަކުރީ ވަރަށް ފަހުންނެވެ.

ބިޕާޝާ ފަދަ ސުޕަމޮޑެލްއެއް ވިހެއުމަށްފަހު ފަލަވުމުން ނުހިކެނީ ކީއްވެގެން ކަމަށް ބައެއް އަންހެން ސަޕޯޓަރުންނާއި އެހެނިހެން މީހުންވެސް ސުވާލުކުރެއެވެ. އެންމެ ފަހުން އޭނާއަށް މަލާމާތްކުރާ މީހުންނަށް ބިޕާޝާ ބުނެލަން ބޭނުންވީ އެންމެ ވާހަކައެކެވެ.

އޭނާ ބުނިގޮތުގައި އޭނާއަކީ އިންޑަސްޓްރީގައި މަސައްކަތް ކުރަންފެށި ދުވަހުން ފެށިގެން ހަމުގެ ކުލައާއި ބެހޭގޮތުން އެތަކެއް މަލާމާތަކާއި ކުރިމަތިލީ މީހެއް ކަމަށެވެ. މިހާރު އޭނާގެ ބައްޓަމާއި ބެހޭގޮތުން މަލާމާތް ކުރިޔަސް އެކަމުން އަސަރެއް ނުކުރާ ކަމަށް ބުންޏެވެ. އަދި ދިރިއުޅުމުގައި އޭނާގެ ކަންތައްތަކަށްވުރެ ބޮޑު އިސްކަމެއް ދަރިފުޅަށް ދޭ ކަމަށް ބިޕާޝާ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން