މިހާރުގެ ކުޑަކުދިން މީސްމީޑިއާ ގެންގުޅެނީ ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރް ބުނެފިއެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުނީ މީސްމީޑިއާއަކީ ފައިސާ ހޯދުމުގެ ވަރަށް ބޮޑު މަންސައަކަށްވެފައިވާ ކަމަަށެވެ. އަދި އޭގެ ޒަރީޔާއިން އެމީހާ އަމިއްލައަށްވެސް ޤަބޫލުނުކުރާ ވާހަކައެއް ބުނެގެން ނަމަވެސް ލައިކްސް ހޯދަން މަސައްކަތްކުރާ ކަމަށެވެ.

"މަހެއްގެ މައްޗަށް ކިތައް މީޙުން މިހާރަކަށް އައިސް 7 ލައްކަ، 8 ލައްކަ (ރުޕީސް) ހޯދަނީ؟ ކަމަކާއި ޚިލާފުވުން، ލިޔުން ނުވަތަ ބުނުމަކީ މިހާރު ބިޒްނަަސްއެއް. އެ ވަރިހަމަ ދޮގަކަށް ވިޔަސް، ޓްރެންޑްއަކަށް ވަންޏާ އެ ވަރިހަމަވީ. މަދު ބަޔަކު ނޫނީ." އަކްޝޭ ބުނެފައި ވެއެވެ.

އަކްޝޭ ބުނީ މީސްމީޑިއާއަށް އިތުބާރުކުރުމުގެ ބަދަލުގައި އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށްދިއުން މާ ބުއްދިވެރި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން