މަރިޔަމް ލަމްޙާ ރަޝީދު   23 ނޮވެމްބަރު 2023 - 14:46
ޔޫރިކް އެސިޑް މަތިވުމުގެ މައްސަލަ ދިމާވަނީ ހަށިގަނޑުގައި މާގިނައިން ޔޫރިކް އެސިޑް ހަށިގަނޑުން އުފެއްދުމާއި ނުވަތަ ޔޫރިކް އެސިޑް ހަށިގަނޑުން ބޭރުނުވުމުންނެވެ. ޔޫރިކް އެސިޑަކީ ކިޑްނީއިން ފުރޭނިގެން ހަށިގަނޑުން ބޭރުކުރެވޭ އެއްޗެކެވެ. އަދި ޔޫރިކް އެސިޑް މާގިނައިން ހަށިގަނޑުގައި ހުންނަނަމަ ކިޑްނީގައި ހިލަ އުފެދި، ގިނަ މައްސަލަތައް ދިމާވާން މެދުވެރިވެއެވެ.

ހަށިގަނޑުން ޔޫރިކް އެސިޑް މަދުކުރުމަށް ގިނައިން ފެން ބުއިމުގެ އިތުރުން ތިރީގައި މިދަންނަވާ ބާވަތްތައް ކެއުމުގައި ބޭނުންކުރެވިދާނެއެވެ.

1. ވޮލްނަޓް:

ވޮލްނަޓްސް އަކީ އޮމެގާ-3 ފެޓީ އެސިޑްސް އާއި ގައުޓް އެކުލެވޭ ޕްރޮޓީން އިން ފުރިގެންވާ އެއްޗެކެވެ. މިއީ ހަށިގަނޑުގައި ޔޫރިކް އެސިޑް ގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ވޮލްނަޓްގައި މި އޮމެގާ ފެޓީ އެސިޑްތައް ހުރުމަކީ އިންފްލެމޭޝަން ދަށްކޮށް، ޔޫރިކް އެސިޑްލެވެލް ދަށްކޮށްދޭ ކަމެކެވެ.

2. އާމަންޑްސް:

އާމަންޑްސް އަކީ ވިޓަމިން އީ އިން މުއްސަނދި އަދި އިންފްލެމޭޝަން ދަށްކޮށްދޭ އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާ ބަދަނެކެވެ. އާމަންޑުގައި ހިމެނޭ ވިޓަމިންއީއާއި ޕްރޫންއަކީ ޔޫރިކް އެސިޑް ދަށްކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.



3. ޕިސްތާށިއޯ:

ޕިސްތާށިއޯއަކީ ފައިބާ އާއި ޕޮޓޭސިއަމް ގިނަ އަދަދަކަށް އެކުލެވިގެންވާ ބަދަނުގެ ބާވަތެކެވެ. މިބަދަނުން ހަށިގަނޑުން ޔޫރިކް އެސިޑް ބޭރުކުރުމަށް އެހީތެރިވެދެއެވެ. އަދި މީގެ އިތުރުން މިއީ ބަނޑުގެ އުނދަގޫތަކަށް ރަނގަޅު އަދި ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ބާވަތެއްވެސްމެއެވެ.

4. ޗެރީ:

ޗެރީއަކީ އެންތޮސައިނިން މާއްދާތަކާއި އެންޓި-އިންފްލެމޭޓަރީ މާއްދާތައް އަދި އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާ މޭވާއެކެވެ. މީގެ ސަބަބުން ހަށިގަނޑުން އިންފްލެމޭޝަން ދައްކޮށްދީ ޔޫރިކް އެސިޑް ދަށްކޮށްދެއެވެ. އަދި ގިނަ ބަލިތަކަކުން ދިފާއުކޮށްދީ މީހާގެ ނިދި ހަމަކޮށްދީ ލޭގައި ހަކުރު ހިމެނޭ މިންވަރުވެސް މަދުކޮށްދެއެވެ.

5. ހިކި ކަދުރު:

ހިކި ކަދުރަކީ ޔޫރިކް އެސިޑް ދަށްކުރުމަށް އެހީތެރިވެދޭ ސިއްހަތަށް ފައިދާހުރި މޭވާއެކެވެ. އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް އެކުލެވިގެންވާ މިމޭވާގައި އަލްކަލައިން އެކުލެވިގެންވެއެވެ. އެހެންކަމުން ހަށިގަނޑުގައި އިތުރުވާ އެސިޑްގެ ބައި ނިއުޓްރަލައިޒް ކުރުމަށް ނުވަތަ ކޮންޓްރޯލް ކުރުމަށް ކަދުރުގައި ހިމެނޭ އަލްކަލައިން މަސައްކަތްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން