މުރަނގަތޮޅި - ޖިންސީ ދުޅަހެޔޮކަން އިތުރުކޮށްދޭ ތަރުކާރީއެއް
މުރަނގަތޮޅި - ޖިންސީ ދުޅަހެޔޮކަން އިތުރުކޮށްދޭ ތަރުކާރީއެއް
މުރަނގަތޮޅިއަކީ މުރަނގަފަތް ގަހުގައި ހެދޭ ހިމަ ދިގުކޮށް ހުންނަ ތަރުކާރީގެ ބާވަތެކެވެ. މިއީ ރާއްޖޭގައި ފަސޭހައިން ހެއްދޭ އަދި ކުރީޒަމާނުއްސުރެ ދިވެހީން ކެއްކުމުގައި ބޭނުން ކުރަމުންއައި އަދި މިހާރުވެސް ބޭނުންކުރަމުން އަންނަ ތަރުކާރީގެ ބާވަތެކެވެ. އާއްމުގޮތެއްގައި ދިވެހިން މުރަނގަތޮޅި ބޭނުންކުރަނީ ކިރުގަރުދިޔަ ކެއްކުމަށެވެ. މިއީ އަހަންނަށްވެސް ވަރަަށް މީރުއެއްޗެކެވެ.

މުރަނގަތޮޅިން އަހަރެމެންގެ ހަށިގަނޑަށް ސިއްހީ ގިނަގުނަ ފައިދާ ލިއްބައިދޭ ނަމަވެސް މިހާރަކައައިސް މުރަނގަތޮޅި ބޭނުންކުރާ މީހުން ދިވެހީންގެތެރޭގައި ވަރަށްވެސް މަދެވެ. މުރަނގަތޮޅިން ލިބޭ ސިއްހީފައިދާތައް އެނގޭނަމަ ކޮންމެ ގެއެއްގައިވެސް އެބޭނުންކުރާނެއެވެ.

މުރަނގަތޮޅިން ލިބިދޭ ފައިދާތައް:

1. ހަކުރު ދަށްކޮށްދިނުން:

މުރަނގަ ތޮޅީގެ ގްލައިސީމިކް އިންޑެކްސް ނުވަތަ ހަކުރު ހުންނަ މިންވަރަކީ 0 އެވެ. މާނައަކީ މިއީ ހަކުރު ނުހިމެނޭ ބާވަތެކެވެ. އެހެންކަމުން ހަކުރު ބަލި ހުންނަ މީހުންނަށް މިއީ ކެއުމުގައި ހިމަނާލުމަށް ރައްކާތެރި ބާވަތެކެވެ.

2. ދިފާއީ ނިޒާމް ވަރުގަދަވުން:

މިއީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ ބާވަތެކެވެ. އަދި މުރަނގަތޮޅީގައި 'އެންޓި މައިކްރޯބިއަލް' މާއްދާތައްވެސް ހިމެނެއެވެ. މިދެމާއްދާ އެކުވުމުން ބަލިތަކާއި ޖަރާސީމު އަދި އެކި އިންފެކްޝަންތަކުން ހަށިގަނޑު ރައްކާތެރިކޮށްދެއެވެ.

3. ލޭ ސާފުކޮށްދިނުން:

މުރަނގަ ތޮޅީގައި ހިމެނޭ 'އެންޓި ބައޮޓިކް' މާއްދާތަކަކީ ލޭ ދައުރުވުން ރަނގަޅުކޮށްދޭ މާއްދާތަކެކެވެ. އެހެންކަމުން ހަށިގަނޑުގައި ލޭ ރަނގަޅަށް ދައުރުވެ ވިހަ މާއްދާތައް ފުރޭނިގެން ދިއުމަށް ފަސޭހަވެއެވެ.

4. ގޮހޮރާއި މައިދާގެ ދުޅަހެޔޮކަން:

މި ތަރުކާރީއިން ވިޓަމިން ބީ ގެ ގިނަ ބާވަތްތައްވެސް ލިއްބައިދެއެވެ. މިގޮތުން ނިއާސިން އާއި ރިބޯފްލެވިން އަދި ވިޓަމިން ބީ 12 އަކީ މައިދާއާއި ގޮހޮރުގެ މަސައްކަތްތަކަށް މުހިންމު މާއްދާތަކެކެވެ. ހަމައެހެންމެ މުރަނގަ ތޮޅީގައި ފައިބާވެސް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. މިއީ ކާތަކެތި ހަޖަމު ކުރުމަށް ފަސޭހަކޮށްދޭ މާއްދާއެކެވެ.

5. ކަށީގެ ދުޅަހެޔޮކަން:

މުރަނގަތޮޅި ކެއުމުގައި ހިމެނުމުން ކަށިތައްވެސް ވަރުގަދަވެއެވެ. އެއީ މިތަރުކާރީއަކީ ކަށިތަކަށް ބޭނުންވާ ކެލްސިއަމްއާއި އަޔަން ލިއްބައިދޭ ބާވަތަކަށްވާތީއެވެ.

6. ޖިންސީ ދުޅަހެޔޮކަން އިތުރުކޮށްދިނުން:

ފިރިހެނުންގެ ދަރިފަނި ނުވަތަ ސްޕާމުގެ ކޮލިޓީ ދަށްވުމާއި އެ އުފެދޭ މިންވަރު މަދުވުމަކީ ފިރިހެނުންގެ ތެރޭގައި ދަރިން ނުލިބުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ. މުރަނގަތޮޅިއަކީ މިކަމަށް އޮތް ހައްލެކެވެ. މުރަނގަތޮޅިއަކީ ޖިންސީ ދުޅަހެޔޮކަން އިތުރުކޮށްދޭ ބާވަތެކެވެ. އޭގައި އެކުލެވޭ ޒިންކް މާއްދާގެ ސަބަބުން ފިރިހެނުންގެ ދަރިފަނި ނުވަތަ 'ސްޕާމް' އުފެދުމަށް އެހީތެރިވެދެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ދުއްރާސް

28-Nov-2023

މީ ވަރަށް ރަނގަޅުވާހަކައެއް . ފިރިހެންކަން ގަދަކޮށްދޭ އެއްޗެއް. އަދި އެހާމެ މީރު އެއްޗެއް


0

ސިރުގޫލް

27-Nov-2023

މަ މުރަނގަތޮޅި ދޭތެެރެ ދޭތެރެއިން ކަން މަ އަންހެނުން ވަރަށް އުފާވާނެ މަ މުރަނގަތޮޅި ކާ ދުވަހަކު.



ޓްރެންޑިން