ޝޭވްކުރުމަކީ ގިނަ ފިރިހެނުން ތުނބުޅި އާއި މަތިމަސް ރީތިކޮށް ބެހެއްޓުމަށްޓަކައި ޤަވައިދުން ކޮށް އުޅޭ ކަމެކެވެ. ތުނބުޅި ބަހައްޓާ މީހުންވެސް ޤަވައިދުން މަތިމަސް ޓްރިމްކޮށް ތުނބުޅި ކައިރި އެއްވަރުކުރެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ފިރިހެނުން އާދަކޮށް ތުނބުޅި އަދި މަތިމަސް ބޭލުމުގައިއާއި ކޮށުމުގައި ކުރުމުގައިވެސް ހެދޭ ބައެއް ގޯސްތައް އެބަހުއްޓެވެ. އެއީ މޫނުގެ ނާޒުކު ހަމަށް ގެއްލުން ލިބިދާނެ ކަންކަމެވެ. އެހެންކަމުން ތިރީގައި ހިމަނާލާފައި އެވަނީ ޝޭވްކުރުމުގައި ބަދަލު ކުރަންޖެހޭ ބައެއް ކަންކަމެވެ.

1. ފިނިފެނުގެ ބަދަލުގައި ތާފަނާފެން ބޭނުންކުރުން:

ސްކިން ކެއަރއަށް ފިނިފެނަކީ ރަނގަޅު އެއްޗެކެވެ. އެހެންނަމަވެސް މޫނު ޝޭވް ކުރުމުގައި އެންމެ ފުރަތަމަ މޫނު ދޮވެލުމަށް ބޮޑަށް އެދެވިގެންވަނީ ތާފަނާ ފެނުންނެވެ. އޭރުން ތުނބުޅި ފަޅާފައި ހުންނަ ހިސާބު މަޑުވާނެއެވެ. އަދި ޝޭން ކުރުމަށް ފަސޭހަވާނެއެވެ. މީގެ ސަބަބުން މޫނު ކަނޑައިގެން ދިއުމުގެ ފުރުޞަތު ކުޑަވާނެއެވެ.

2. ޕްރީ ޝޭވް ބޭނުންކުރުން:

މޫނު ޝޭވްކުރުމުގެ ކުރިން ދެން އެންމެ މުހިންމުވާނީ މޮއިސްޝަރައިޒް ކުރުމެވެ. އެހެންކަމުން ޝޭވް ކުރުމުގެ ކުރިން ހާކަން ޖެހޭ ތެޔޮ ނުވަތަ ޕްރީ ޝޭވް ދޫކޮށްނުލާށެވެ. ޕްރީ ޝޭވް ބޭނުން ކުރުމުގެ ބޭނުމަކީ ހަންގަނޑު ކުރަކިވުމުން ރައްކާތެރިކޮށްދިނުމެވެ.

3. އިސްތަށި ފަޅާފައި ހުންނަ ގޮތާއި އިދިކޮޅަށް ޝޭވް ނުކުރުން:

ރޭޒަރުން ޝޭވްކޮށް ނިންމާލުމަށް ފަސޭހަ ކޮންމެ ގޮތަކަށް ރޭޒަރު އަޅުވައި ދަމާލުމުން ވަގުތީގޮތުން އިސްތަށިތައް ދުއްވާލެވުނީއެވެ. އެހެންނަމަވެސް އިސްތަށިތައް ދެން ފަޅާއިރު ހަންގަނޑުގެ އެތެރެއަށް ވާގޮތަށް ފެޅުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ދޮސްލައި އަދި މޫނުގެ ހަންގަނޑުގައި ކަޅު ބިހިތަކެއް ނަގައިފައި ހުންނަހެން ހީވާނެއެވެ. އެހެންކަމުން އަބަދުވެސް އިސްތަށި ފަޅާފައި ހުންނަ ދިމާލަކުން ތިރިއަށް ޝޭވްކުރުން މުހިންމެވެ.

4. އަލްކަހޯލް ނުހުންނަ އާފްޓާ ޝޭވް ބޭނުންކުރުން:

އަލްކަހޯލްއަކީ ގިނަ ކޮސްމެޓިކްސްތަކުގައި ރައްކާކުރުމުގެ މުއްދަތު އިތުރު ކުރުމަށްޓަކައި އެއްކުރެވޭ ބާވަތެކެވެ. އެހެންނަމަވެސް މިއީ ހަންގަނޑުގެ ތެތްކަން ކަނޑުވާލާ އެއްޗެކެވެ. އެހެންކަމުން އާފްޓާ ޝޭވްއެއް އިހްތިޔާރު ކުރާއިރު އަލްކަހޯލް ނުހިމެނޭ މޮއިސްޗަރައިޒަރއެއް ހިޔާރު ކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން