ޒަހީނުއްދީން ސަޢީދު   2 ޑިސެމްބަރު 2023 - 3:59
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން ބޭއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި މިއަދު ރަސްމީކޮށް ފެށިގެންދިޔަ ކޮޕް 28 ސަމިޓްގެ ހަވާސާ ގައެވެ.

މިއީ ރައީސް މުއިއްޒު، ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މޯދީއާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށްލެވެއެވެ.

އެކްސްގައި ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަކީ ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް މޯދީ ވިދާޅުވި އެވެ.



"އުއްމީދަކީ ދެ ޤައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރުކޮށް ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުން،" އިންޑިޔާގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން ބުނީ ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަމަށްޓަކައި ދެ ގައުމު ހިމެނޭ ގޮތަށް ކޯ ގްރޫޕެއް އެކުލަވާލަން ދެ ބޭފުޅުން އެއްބަސްވެ ވަޑައިގަތް ކަމަށް އިންޑިއާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން