ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރާ މައްސަަލައާއި ގުޅިގެން އިންޑިޔާގެ ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަވާބު ދެއްވަން އިންކާރު ކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިވަގުތު ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައެވެ. އެގައުމަށް ރައީސް ވަޑައިގަތީ ދުބާއީގައި އިއްޔެ ރަސްމީކޮށް ފެށިގެންދިޔަ ކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ.
އިންޑިއާ ޓުޑޭގެ އެގްޒެކެޓިވް އެޑިޓަރު ގީތާ މޯހަން، ރައީސް މުއިއްޒުއާ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ބެހޭގޮތުން ސުވާލު ކުރީ އެމަނިކުފާނު ސަމިޓުގެ އިވެންޓަކަށް ފަހު ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ.
އެ ނޫސްވެރިޔާ އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯގައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް އިންޑިއާގެ ފަރާތުން ލިބޭނެ ކަމަށް ގަބޫލުކުރައްވާ އެއްބާރުލުމަކީ ކޮބައިތޯ، ސުވާލުކޮށްފައެވެ.
އެހެން ނަަމަވެސް އެ ސުވާލަށް ރައީސް ޖަވާބު ނުދެއްވައި ވިދާޅުވީ ދެ ގައުމުގެ ގުޅުމާއި ބެހޭގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ތަކުރާރުކޮށް އެ ސުވާލު ކުރުމުން ވެސް ހިނިފުޅުވަޑުވަމުން ރައީސް ވިދާޅުވީ ރާއްޖެ އާއި އިންޑިޔާ އާއި ދެމެދު އޮންނަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށެވެ. އެހެން ވިދާޅުވެ އިންޑިޔާ ސިފައިން ބޭރުކުރާ މައްސަލައިގައި ކުރި ސުވާލަށް ޖަވާބު ނުދެއްވައި ރައީސް ވަނީ އެ ސަރަހައްދުން ވަޑައިގެންފައެވެ.
ކޮޕް ސަމިޓްގެ ހަވާސާގައި ރައީސް މުޢިއްޒު އިއްޔެ ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލު ކުރައްވާފައެވެ. ބޮޑުވަޒީރު މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގައި އިންޑިއާގެ ސިފައިން ބޭލުމަށް އެމަނިކުފާނު ދިވެހި ރައްޔިތުންގެ ނަމުގައި އެދިވަޑައިގެންފައިވާ ކަމެއް އެނގިފައެއް ނުވެއެެވެ. އަދި އިންޑިއާ ސިފައިންނާ ގުޅޭ އެއްވެސް ވާހަކަފުޅެއް ދެއްކެވި ކަމެއް ރައީސް އޮފީހުން ހާމަކުރި ހަބަރުތަކުގައި ވެސް އަދި އެކްސްގައި ކުރި ޕޯސްޓުތަކުގައި ވެސް ނެތް ކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ގެންދަން އިންޑިއާ ސަރުކާރުގައި ރައީސް މުޢިއްޒު އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެޑައިގަތުމަށްފަހު ސަރުކާރުން ބުނީ އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަން ފާހަގަކޮށްލެވެއެވެ.

#Exclusive
— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan) December 1, 2023
The Maldives President Dr. Muizzu (@MMuizzu)
Says has a bilateral meeting with PM Modi later.
Doesn't respond to question of Indian military personnel being removed from Maldives.
Says, "we have a very good relationship"#COP28UAE #COP28 pic.twitter.com/qHK4J4otP3
ކޮޕް ސަމިޓްގެ ހަވާސާގައި ރައީސް މުޢިއްޒު އިއްޔެ ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލު ކުރައްވާފައެވެ. ބޮޑުވަޒީރު މޯދީއާ އެކު ބޭއްވެވި ބައްދަލުވުމުގައި އިންޑިއާގެ ސިފައިން ބޭލުމަށް އެމަނިކުފާނު ދިވެހި ރައްޔިތުންގެ ނަމުގައި އެދިވަޑައިގެންފައިވާ ކަމެއް އެނގިފައެއް ނުވެއެެވެ. އަދި އިންޑިއާ ސިފައިންނާ ގުޅޭ އެއްވެސް ވާހަކަފުޅެއް ދެއްކެވި ކަމެއް ރައީސް އޮފީހުން ހާމަކުރި ހަބަރުތަކުގައި ވެސް އަދި އެކްސްގައި ކުރި ޕޯސްޓުތަކުގައި ވެސް ނެތް ކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ގެންދަން އިންޑިއާ ސަރުކާރުގައި ރައީސް މުޢިއްޒު އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެޑައިގަތުމަށްފަހު ސަރުކާރުން ބުނީ އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު