ގޭންގު މާރާމާރީތައް އިތުރުވުމާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ހާއްސަ މަަސައްކަތްތަކެއް ފަށައިފިއެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ބުދަދުވަހު މާލޭގައި ހިނގި މާރާމާރީއާއި އައްޑޫގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން މާލެއާއި އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. އެގޮތުން މާލެއިން އައްޑުއަށް އިތުރު ފުލުހުންގެ ޓީމުތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދުވަސްތަކަކަށްފަހު ރާއްޖޭގައި މާރާމާރީތައް އިތުރުވެފައިވާއިރު އައްޑޫގައި ރޭ ހިނގި ގްރޫޕު މާރާމާރީއެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ވެފައެވެ. އަދި 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން