---ފޮޓޯ: ނިއުޓްރަޓީ
---ފޮޓޯ: ނިއުޓްރަޓީ
ރަތް ރާސްބަރީ ފަތުގެ ސައި ނުވަތަ ރެޑް ރާސްބެރީ ލީފްޓީ އަކީ ޒަމާނުއްސުރެ އަންހެނުންގެ އެކި ކަންކަމުގައި ބޭނުންކުރަމުން އައި ގުދުރަތީ ފަރުވާއެކެވެ. މިގޮތުން މައްސަރުކަންތައް ޖެހިގެން އުޅޭއިރު ބަނޑުގައި ރިހޭ ރިހުމަށާއި، މާބަނޑު ދުވަސްވަރު ވިހެއުމަށް ތައްޔާރުވުމަށްވެސް މި ސައި ބޭނުންކުރެއެވެ.

ރަތް ރާސްބެރީ ސައިފަތަކީ ރަތް ރާސްބެރީ ގަހުގެ ފަތް ހިއްކައިގެން ތައްޔާރުކޮށްފައި ހުންނަ ސައިފަތެކެވެ. މީގެ ސައިޖޯޑެއްގައި ކެލަރީ އެކުލެވިފައި ނުވިނަމަވެސް، އެއީ މެގްނީސިއަމްއާއި، ކެލްސިއަމްގެ އިތުރުން، އެންޓިއޮކްސިޑެންޓުން ފުރިފައިވާ ސައިފަތެކެވެ. މީގެއިތުރުން، ރެޑް ރާސްބެރީ ސައިފަތުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމްވެސް އެކުލެވޭއިރު، ޕޮޓޭސިއަމްއަކީ ލޭގެ ޕްރެޝަރު ހެޔޮމިނެއްގައި ހިފަހައްޓައިދީ ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ މާއްދާއެކެވެ. އެހެންކަމުން ރެޑް ރާސްބަރީ ސައިން ލިއްބައިދޭ އެންޓިއޮކްސިޑެންޓުތަކަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލަދޭ އެއްޗެކެވެ. އަދި މީގެ އިތުރުންވެސް މިސައިފަތުން ލިބިދެވޭ ސިއްހީ ފައިދާ ވަރަށްވެސް ގިނައެވެ.

ރަތް ރާސްބެރީ ފަތުގެ ސައި އެންމެ މަގުބޫލުވަނީ މާބަނޑު އަންހެނުންގެ ތެރޭގައެވެ. މިގޮތުން، ވިހެއުމަށް ތައްޔާރުވާ އަންހެނުން މި ސައި ގިނަ ގިނައިން ބުއި އުޅެއެވެ. މާބަނޑު ދުވަސްވަރު، އަދި ހާއްސަކޮށް ވިހާދުވަސް ކައިރިވަމުން ދާވަރަކަށް ރެޑް ރާސްބަރީ ސައި ބުއިމަށް ގިނަ ބަޔަކު ލަފާދެނީ އޭގެ ނަތީޖާ ފެންނާތީއެވެ. އެންމެ ރަނގަޅު ނަތީޖާއަކަށް ސައިފަތް ބޯން ފެށުމަށް އޮންނަނީ ބަނޑަށް 32 ހަފްތާ ފުރުމުންނެވެ.

މާބަނޑު ދުވަސްވަރު ހޮޑުލަވާ، މޭނުބައިކުރާއިރު ވެސް ރަތް ރާސްބެރީ ފަތުގެ ސައި ބުއިމުން މާބަނޑުއިރުގެ އަލާމާތްތަކުން ވާއުނދަގޫ ލުއިކޮށްދެއެވެ.

ރާސްބަރީ ފަތުގެ ސައި ބުއިމުން ވިހެއުމުގެ ވޭނުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކޮށްދޭކަމަށް ފޫޅުމައިން ޔަގީންކޮށްދޭއިރު، މައްސަރުކަންތަކުގެ ވޭނުގައި އުޅޭ އަންހެނުންނަށްވެސް މިފަތަކީ ވަރަށް ބޭނުންތެރި ފަތެކެވެ. އެގޮތުން، މި ފަތުގައި އެކުލެވޭ ފްރެގަރިން އަކީ ޕެލްވިކް މަސްތަކާއި ރަހިމު ވަރުގަދަކޮށްދީ، ވިހެއުމަށް ރަހިމު ތައްޔާރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި ވިހުމަށް އަރާ ކޮންޓްރެކްޝަންތައް ވަރުގަދަކޮށްދިނުމާއެކު، ވިހެއުމުގެ ތެރޭގައި ހޭދަކުރަންޖެހޭ ވަގުތު މަދުކޮށްދެއެވެ.

މީގެއިތުރުން، ރަތް ރާސްބެރީ ފަތަކީ ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލަތައް ކުޑަކޮށްދީ، ވިއްސުމަށް ފޯސެޕާއި ވެކިއުމްފަދަ ވަސީލަތްތައް ބޭނުންކުރަން ޖެހުމުގެ ފުރުސަތު ވެސް ކުޑަކޮށްދޭ އެއްޗެކެވެ. މިއީ ސައިންސްވެރިންގެ ދިރާސާތަކުން ކަށަވަރުކުރެވިފައިވާ ހަގީގަތެކެވެ. ދިރާސާއިން ދައްކާފައިވާގޮތުގައި މާބަނޑުދުވަސްވަރުގެ ފަހު އަށް ހަފްތާގެ ތެރޭގައި ގަވާއިދުން ރާސްބެރީ ފަތުގެ ސައި ބޭނުންކުރި އަންހެނުން ވިއްސުމަށް ފޯސެޕް ބޭނުންކުރަން ޖެހުނު އަދަދު 11 އިންސައްތަ ދަށެވެ. އަދި ސިޒޭރިއަން ސެކްޝަން ހަދަން ޖެހުމުގެ ފުރުސަތުވެސް ކުޑަކޮށްދެއެވެ.

އެމެރިކަން ޕްރެގްނެންސީ އެސޯސިއޭޝަން (އޭއެމްއޭ) އިން ބުނެފައިވާގޮތުގައި ރެޑް ރާސްބެރީ ސައިއަކީ ގާތުންދޭއިރު ބުއިމަށް ވަރަށް ރަނގަޅު ސައެކެވެ. މިގޮތުން، މިސައި ބުއިމުން ގާތުންދޭ މައިން ގާތުދޭއިރު ކިރު އުފެދޭ މިންވަރު އިތުރުކޮށްދޭ ކަމަށް އޭއެމްއޭއިން ބުނެއެވެ. އެހެންނަމަވެސް ހެދިފައިވާ ދިރާސާތަކަށް ބަލާއިރު، ކިރުމައިންގެ ކިރު އުފެދޭ މިންވަރު އިތުރުކޮށްދޭ ކަމަށް ހެކިދޭ ދިރާސާތައް މަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން