ޔުގަންޑާގައި ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.
ޔުގަންޑާގެ ހެލްތް މިނިސްޓްރީއިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ޖެހިގެން އެގައުމުގައި ފުރަތަމަ ފަހަރަށް މަރުވެފައިވަނީ، ނަމިސިންޑްވާ ޑިސްޓްރިކްޓަށް ނިސްބަތްވާ، އުމުރުން 33 އަހަރުގެ އަންހެނެއް ކަމަށެވެ. އެ މިނިސްޓްރީން ހާމަކޮށްފައިގޮތުގައި މަރުވި އަންހެން މީހާ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވަނީ ޖުލައި 15ވަނަ ދުވަހު އެވެ. ކޮވިޑް-19ގެ ސަބަބުން އޭނާ މަރުވެފައިވަނީ ނިއުމޯނިއާ ޖެހިގެން އޭނާއަށް އެބައްޔަށް ފަރުވާދެމުން ދަނިކޮށް ކަމަށްވެސް އެޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މިއަންހެން މީހާއާ ސީދާ ކޮންޓެކްޓްވި 30 މީހުން ވަނީ މިހާރު ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައެވެ. އަދި 14 ދުވަހު މޮނިޓަރިން އަށް ފަހު ޓެސްޓް ހަދާނެ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.
ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މަރުވި އެއަންހެންމީހާއާއި ސީދާ ކޮންޓެކްޓްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އޭނާގެ އާއިލާ މެމްބަރުންނާއި ހެލްތްކެއާ ވޯކަރުންނެވެ. އަދިމީގެއިތުރަށް އެ މީހާއާއި ދިމާވެފައިވާ އިތުރު މީހުން އުޅޭނެ ކަމަށް ލަފާކުރާކަމަށާއި އެފަދަ މީހަކު ހުރިތޯބަލައި، ޗެއްކޮށް އެމީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަވެސް ޔުގަންޑާގެ ހެލްތް މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.
ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އެފްރިކާއިން ކޮވިޑް-19 ޖެހިގެން މީހަކު މަރުނުވަނީ އެންމެ 2 ގައުމެއްގައިއެވެ. އެ ދެ ގައުމަކީ ސީޟެލްސް އަދި އެރިޓްރިއާއެވެ.

ކިޔުންތެރިންގެ ހިޔާލު