ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިން އިތުރުވެ މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިންޑިއާއިން ކަމަށް ޓުއަރިޒްމް މިނިސްޓްރީން ރިޕޯޓުކޮށްފިއެވެ.

އެވުޒާރާއިން ހާމަކޮށްފައިވާގޮތުން 25 ޑިސެމްބަރާއިހަމައަށް އިންޑިއާގެ 205278 ފަތުރުވެރިންވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިން ކަމަށްވާއިރު، އިންޑިއާ ވަނީ މިދިޔަ ތިން އަހަރުވެސް ރާއްޖޭގެ އެއްވަނަ ޓުއަރިސްޓް މާކެޓް ގޮތުގައި ހިފަހައްޓާފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 2022 ވަނަ އަހަރުވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން އެއަހަރު 219،000 އަށްވުރެ ގިނަ ފަތުރުވެރިން އިންޑިއާއިން ރާއްޖެ އައިސްފައިވެއެވެ. މީގެ އިތުރުން 2021 ވަނަ އަހަރު 241،000 އަށްވުރެ ގިނަ ފަތުރުވެރިން އިންޑިއާއިން ރާއްޖެ އައިސްފައިވައިވާއިރު، އެއަހަރުވެސް ރާއްޖޭގެ އެއްވަނަ ޓުއަރިސްޓް މާކެޓް ގޮތުގައި އޮތީ އިންޑިއާއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ މިކަން ފާހަގަކޮށް ކުރިއަށް އޮތްތާގައި ވެސް މި ރިކޯޑް ދަމަހައްޓާން މަސައްކަތް ކުރާނެކަން ފާހަގަކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 1.83 މިލިއަނަށް ވުރެއް ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން