ހޮނިހިރު ދުވަހު ޣައްޒާއަށް ދިން އިތުރު ބޮމުގެ ހަމަލާ ތަކާއެކު ހަނގުރާމައިން ކާމީޔާބީ ހޯދާނެކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ދެކުނުގެ ރަފާ ސިޓީއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެ ސިޓީއަކީ، ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ އެތައް ލައްކަ ބަޔަކު ތިބި ވަގުތީ ހިޔާތަކެއް ގާއިމުކޮށްފައިވާ ސިޓީއެކެވެ.

މިހަމަލާތަކާއެކު ހަނގުރާމައިން ކާމީޔާބީ ހޯދާނެކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނގުރާމަ ކާމިޔާބު ކުރާނެ ކަމަށް ވައުދުވެފައެވެ.

އެގޮތުން ނަތަންޔާހޫ ވަނީ "ހަމާސް ނައްތާލުމާއި، އަހަރެމެންގެ ރަހީނުން އަނބުރާ ގެނައުމާއި، ޣައްޒާއަކީ އިސްރާއީލަށް ދެން ނުރައްކަލަކަށް ނުވާނެކަން ކަށަވަރުކުރަން" އިސްރާއީލުން ކުރާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ވައުދުވެފަ އެވެ.

"ހުރިހާ ކަމެއް އެއްފަރާތްކޮށްލަން ޖެހޭ. ފުރިހަމަ ކާމިޔާބީ ހާސިލް ކުރެވެންދެން،" ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އިޒްރޭލު ސިފައިންގެ ތަރުޖަމާނު ޑޭނިއަލް ހަގަރީ ވަނީ "އުތުރު ޣައްޒާގައި ހަމާސްގެ އަސްކަރީ އޮނިގަނޑު ރޫޅާލުމުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި މިހާރު ފޯކަސް ކުރާނީ މަރުކަޒާއި ދެކުނަށް ކަމަށް" ހާމަކޮށްފައެވެ.

އިޒްރޭލުން ފަލަސްތީނަށް މެދުނުކެނޑި ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަކާއެކުއެވެ. މި ހަނގުރާމައިގައި ފަލަސްތީނުގެ 22،722 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން