އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއަށް ކެންސަރު ޖެހިވަޑައިގެންފައިވާ ކަމަށް ބަކިންގހަމް ޕެލަސްއިން ބުނެފިއެވެ.

ބަކިންގހަމް ޕެލަސްއިން ޗާލްސްގެ ހާލުކޮޅު ހާމަކުރި ނަމަވެސް ޗާލްސް ތަހައްމަލު ކުރަމުންދަނީ ކެންސަރުގެ ކޮން ބާވަތެއްކަން ހާމަކޮށްފައެއް ނުވެއެވެ.

މިއާއެކު ޗާލްސްގެ އާންމު މަސައްކަތްތައް ފަސްކުރައްވަން ނިންމަވާފައިވާކަމަށް ބަކިންގހަމް ޕެލަސް އިން ބުނެއެވެ. އަދި ހޯމަ ދުވަހުން ފެށިގެން ގަވާއިދުން ބައްޔަށް ފަރުވާ ކުރައްވަން ފައްޓަވާފައިވާ ކަމަށްވެސް ބަކިންގހަމް ޕެލަސްއިން ހާމަކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން، ކެންސަރ ބަލި ތަހައްމަލު ކުރަން ޖެހިވަޑައިގަތަސް، އުމުރުފުޅުން 75 އަހަރުގެ ރަސްގެފާނު ހުންނެވީ ވަރަށް އުއްމީދާއެކު ބަލިން ފަސޭހަވެ އަލުން މަސައްކަތަށް ނިކުމެވަޑައިގަންނަވަން ކެތްމަދުވެފައެވެ.

ބަކިންގހަމް ޕެލަސް އިން، ރަސްގެފާނު ޗާލްސް ތަހައްމަލު ކުރަމުންދާ ކެންސަރުގެ މަރުހަލާ އާއި ޕްރޮގްނޯސިސް އާއި ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން