އިލްހާމް އެމްޑީޕީއަށް ގުޅީވަޑައިގެންނެވި ޖަލްސާގެ ތެރެއިން
އިލްހާމް އެމްޑީޕީއަށް ގުޅީވަޑައިގެންނެވި ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު, މި އަހަރުގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ށ. ފުނަދޫ ދާއިރާއަށް ވާދަކުރަށްވަން ނިންމަވައިފިއެވެ.

‎މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގައި ފުނަދޫ ދާއިރާ މިހާރު ތަމްސީލުކުރައްވާ މެމްބަރު މުހައްމަދު ޝާހިދުވެސް ތާއީދުކުރަށްވަނީ އިލްހާމަށެވެ.

‎އިލްހާމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި މަޖިލިސް މެމްބަރުކަން ކުރައްވައިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ 2009 ވަނަ އަހަރު ޑީއާރްޕީގެ ފަރާތުން އިލްހާމް ތަމްސީލު ކުރެއްވީ ގެމަނަފުށީ ދާއިރާ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ޖޭޕީގެ ޓިކެޓްގައި ދަނގެތީ ދާއިރާއަށް އިންތިޚާބުވެފައިވެއެވެ.

އޭނާ ވަނީ 2016 ވަނަ އަހަރު, މަޖިލީހުގެ އެންމެ މުހިއްމު އެއް ކޮމިޓީ ކަމަށްވާ އިގުތިސާދީ ކޮމިޓީގެ މުގައްރިރުކަން ކުރައްވައިފަ އެވެ.

‎އިލްހާމަކީ ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޑީއާރްޕީ އާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވި އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރެއްވި އެވެ.

‎އިލްހާމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމާއި, އެމަނިކުފާނުގެ ސްޕެޝަން އެންވޯއީކަން ވެސް ކުރައްވައިފަ އެވެ.

‎ސިޔާސީ ދާއިރާގެ އިތުރުން އިލްހާމް ވަނީ ޓެލެވިޒަން މޯލްޑިވްސްގައި ވެސް ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވައިފަ އެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ އެފްއޭއެމްގެ ރައީސްކަންވެސް ކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން