މި ސަރުކާރު ފެށުނު ފަހުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 422 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްވެރިންނަށް ދޫކުރި ފައިސާއާ ގުޅޭ ގޮތުން ސުވާލުކުރެއްވީ މައްޗަށް ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެވެ.

އެ ސުވާލަަށް ޖަވާބު ދެއްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ސަރުކާރުުން 422 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތަފްސީލުވެސް އޭނާ ދެއްވި އެވެ. އެއީ މަސްވެރިންނަށް ދޫކުރެވިފައި ހުރި ތެލާއި އައިސް ވެސް ހިމެނޭ ގޮތަށް ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހަމަ އެހެންމެ މިއަދާ ހަމައަށް 270 މިލިއަން ރުފިޔާ ނުދެވި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެނގިި ވަޑައިގަންނަވާނެ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް 250 މިލިއަނެއްހާ ރުފިޔާ އެމަނިކުފާނަށް ވާރުތަވެފަ އޮތީ. އަސްލު ހަގީގަތުގައި އެ އުނދަގޫ އަދިވެސް އަޅުގަނޑުމެންނަށް މި އުޅެނީ. އެހެން ނަމަވެސް އިދާރަ ކުރެއްވިއްޔާ މާލަސްތަކެއް ނުވެ މި އުނދަގުލުން އަރައިގަނެ މަސްވެރިންނަށް ދޭން އޮތް ފައިސާގެ ބެކްލޮގް ފިލުވާލާނެ ވާހަކަ އަޅުގަނޑު ދަންނަވަން." ޝިޔާމް ވިދާޅުވި އެވެ.

މަސްވެރިން މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން