މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާމަންގެ މަގާމުން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އިސްތިއުފާ ދެއްވައިފިއެވެ.

ޕީސީބީން ބުނީ އުމަރު މަނިކު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 28ގައި ކަމަށެވެ. އެމްޔޫ މަނިކު މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ސިއްހީ ޙާލަތުގެ ސަބަބުން މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް ޕީސީބީން ބުނެފައި ވެއެވެ.

2013 ވަނަ އަހަރު އެމްއޭސީއެލްގެ ބޯޑާއި ގުޅިވަޑައިގަތް އެމްޔޫ މަނިކަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ ފެއްޓެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެއް ބޭފުޅެކެވެ.

މިހާރުވެސް އޭނާ ގެންދަވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތައް ތަމްސީލްކުރާ އެސޯސިއޭޝަން، މަޓީގެ ކޯ ފައުންޑާ އަދި ޗެއާމަންގެ މަޤާމް ފުރުއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން