ހުކުރު ނަމާދުގެ ޖަމާޢަތް
ހުކުރު ނަމާދުގެ ޖަމާޢަތް
ދީނީ ވާޖިބުތައް އަދާކުރަމުންވެސް ހަރާމް ކަންތައް ކުރެވެނީ އީމާންކަން ބަލިކަށިވުމުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިންސާނާގެ ހަގީގީ ކާމިޔާބީއާއި ބާއްޖެވެރިކަންވަނީ މާތް ﷲއަށް ފުރިހަމަ މާނާގައި އީމާންވުމުން ކަމަށެވެ، އަދި މި އީމާންކަމަކީ އިސްލާމް ދީނުގެ އަސާސެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އީމާންކަމަކީ އިސްލާމް ދީނުގެ އަސާސެއް ކަމަށާއި އިންސާނާގެ ދުންޔަވީ ހަޔާތުގެ އުފަލާއި އަރާމާއި އުހްރަވީ ހަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް ހަރުދަނާކޮށްގެން ކަމަށް ވެސް ޚުތުބާގައިވެއެވެ.

ހަމައެހެންމެ މާއްދިޔަތުގެ ތެރެއަށް ގޮސް ހުސްވެފައިވާ މިފަދަ ދުވަސްވަރެއްގައި އީމާންކަން ބަލިކަށިވެ ނުބައިމަގުން ދެވުމަކީ ވަރަށް ކައިރި ކަމެއް ކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި މީހާގެ އުޅުމާއި އަމަލުތަކުގެ ސަބަބުން ވެސް އީމާންކަންވެސް ބަލިކަށިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއަދު ހުކުރު ހުތުބާގައި ބުނީ ހަގީގީ މާނައިގައި މާތް ﷲއަށް އިމާންވުމުން އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުއޫރުތަކާއި ބާއްޖަވެރިކަމުގެ އިހުސާސްތައް އުފަައްދާ ކަމަށެވެ.

ނަމަވެސް ބައެއް މީހުންގެ ފަރާތުން އިވޭ އަޑަކީ ދީނީ ވާޖިބުތައް އަދާާކުރަމުންދާ އިރުުވެސް ވަރަށް ފަސޭހައިން މާތް ﷲ ހަރާމްކޮށްފައިވާ ކަންކަމަށް އަރައިގަނެވޭ ވާހަކަ ކަމަށާއި މިއީ ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް ކަމަށް ޚުތުބާގައިވެއެވެ. އަދި އެއީ އީމާންކަން ބަލިކަށިކަމުގެ އަަލާމާތެއްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން