ރައްޔިތުން އަމަލުކުރަންޖެހެނީ ވުޖޫދުގައި އެވަގުތަކު އޮތް ޤާނޫނަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
ޠާރިޤް މިމޭރުމުން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން ފާސްކުރި ބިލު ވަގުތުން ތަސްދީގުކުރަން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ގޮވާލައްވާއެވެ.
އިންތިޚާބެއްގެ ތާރީޚް ރޯދަ މަހާ ދިމާވާނަމަ، އެއިންތިހާބެއް ބޭއްވުން ރޯދަމަސް ނިމުމަށްފަހު 10 ދުވަސް ފަހުން ބާއްވާ ގޮތަށް އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
އެބިލު ތަޞްދީޤު ކުރުން ލަސްވެފައިވާ ކަމަށް ބުނެ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ކަންބޮޑުވުން ފާޅު ކުރެއްވުމާ ގުޅިގެން ޠާރިޤް މިއަދު ވިދާޅުވީ، ރައްޔިތުން އަމަލުކުރަންޖެހެނީ ވުޖޫދުގައި އެވަގުތަކު އޮތް ޤާނޫނަކަށް ކަމަށާއި، މަޖިލީހުން ފާސްކުރާ ހުރިހާ އެއްޗަކީ ޤާނޫނު ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކޮށްފާނެކަމަށް ބަލައި ހިނގަހިނގާ އޮންނަ ޤާނޫނަކަށް އަމަލު ކުރުން ނުހުއްޓުވޭނެ." ޠާރިޤް ވިދާޅުވެފައިވެއެވެ.
ފައްޔާޒް މިއަދު ވިދާޅުވީ އިންތިޚާބުތައް ބާއްވަންވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތް ބަލައިގެން ކަމަށެވެ. އަދި ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިޚާބު ރަމަޟާންމަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ޙައްޤުގެ ބޭނުންކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައި ވަނީ މާޗު މަހުގެ 17 ގައެވެ. އެ ދުވަސް ދިމާވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވިދާޅުވެފައިވަނީ މަޖިލީސް އިންތިޚާބު އޮންނާނީ މާޗު 17 ގައި ކަމަށެވެ.

ރައްޔިތުން އަމަލުކުރަންޖެހެނީ ވުޖޫދުގައި އެވަގުތަކު އޮތް ޤާނޫނަކަށް. މަޖިލީހުން ފާސްކުރާ ހުރިހާ އެއްޗަކީ ޤާނޫނެއްނޫން. ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކޮށްފާނެކަމަށް ބަލާ ހިނގަހިނގާ އޮންނަ ޤާނޫނަކަށް އަމަލު ކުރުން ނުހުއްޓުވެނޭ.
— Ahmed Thariq (@AhmedThaariq) February 19, 2024
ދިވެހިން އިސްލާމްވިތާ 871 އަހަރު ވެެއްޖެ.
ފައްޔާޒް މިއަދު ވިދާޅުވީ އިންތިޚާބުތައް ބާއްވަންވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތް ބަލައިގެން ކަމަށެވެ. އަދި ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިޚާބު ރަމަޟާންމަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ޙައްޤުގެ ބޭނުންކުރުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައި ވަނީ މާޗު މަހުގެ 17 ގައެވެ. އެ ދުވަސް ދިމާވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގެ ދުވަހަކާއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވިދާޅުވެފައިވަނީ މަޖިލީސް އިންތިޚާބު އޮންނާނީ މާޗު 17 ގައި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު