ބެލްޖިއަމް އަދި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރު މ. ގީލާވިލާ، ގީލާ އަލީ
ބެލްޖިއަމް އަދި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރު މ. ގީލާވިލާ، ގީލާ އަލީ
ސަފީރުކަމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ތިން ބޭފުޅަކަށް އިންޓަވިއުކުރުން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންގޮސްފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން 3 ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީގުޅުންތަކުގެ ކޮމިޓީން މިއަދު އިންޓަރވިއު ކޮށްފައިވާ ކަމަށެވެ.

އެގޮތުން މަޖިލީހުން މިއަދު އިންޓަވިއު ކޮށްފައިވަނީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރު މއ. ތުޅާގިރި މަސްއޫދު އިމާދު އާއި، މެލޭޝިއާއަށް ކަނޑައަޅާ ސަފީރު މ. ރުށްފުށި ޑރ. މަރިޔަމް ޝަބީނާ އަހުމަދާއި ބެލްޖިއަމް އަދި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރު މ. ގީލާވިލާ، ގީލާ އަލީ އަށެވެ.

މި ބޭފުޅުން ސަފީރުންގެ ގޮތުގައި ހަމަޖެހިގެން ދާނީ މަޖިލީހުގެ ޚާރިޖީގުޅުންތަކުގެ ކޮމިޓީން މިބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން މަޖިލީހުގެ ތަޅުމުން އެބޭފުޅުން ސަފީރުކަމަށް ޢައްޔަނު ކުރުމަށް ރުހުން ދިނުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން