އައިސް ޕްލާންޓެއްގައި އައިސް އުފައްދަނީ
އައިސް ޕްލާންޓެއްގައި އައިސް އުފައްދަނީ
5 ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ޓެންޑަރަށް ފޮނުވާފައި ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މަސްވެރިންނަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ނެވެ. އެގޮތުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އުފުއްލަވާ މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ، މިފްކޯ އާއި ހަވާލުކޮށްގެން 5 ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް މިހާރު ޓެންޑަރަށް ފޮނުވާފައިވާ ކަމަށެވެ.

އެކަމުގެ އިތުރު ތަފްސީލް ދެއްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުގެ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގެ "ކަނޑުފަޅު ނަފާ" ލޯން ޕްރޮގްރާމްގެ ތެރެއިން އައިސް ޕްލާންޓް ޤާއިމުކުރުމަށް 10 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

"އިތުރު ފައިސާ ރެފްރިޖަރޭޓަޑް ސީވޯޓަރ ސިސްޓަމްސް ގަނެ އަދި ހަރުކުރުމުގެ ކަންކަމަށާއި، ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއި ފަސޭހަ ވާނެގޮތަށް ލޯނު ދޫކުރުމަށްވަނީ ނިންމަވާފައި." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މި ލޯނަށް ހުށަހެޅުމަށް 21 ފެބުރުވަރީ 2024 ގައި އެސް.ޑީ.އެފް.ސީ އިން ވަނީ ހުޅުވާލާފައި ކަމަށެވެ.

އޭގެ އިތުރުން އެންވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު މިހާރުވަނީ ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން