ނިމިދިޔަ ސަރުކާރުން ހަވާލުކުރި މަސްވެރިކަމުގެ މަޝްރޫއުތަކުގެ 90 އިންސައްތަ އޮތީ ހުއްޓިފައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައި ހުރި ގިނަ މަސްވެރިކަމުގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަންކަން ހައްލުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ މަޝްރޫއުތަކުގެ ތެރޭގައި ސްޓޯރޭޖް އިތުރުކުރުމާއި އަދި އައިސް ފޯރުކޮށް ދިނުމަށް ފެށި މަޝްރުއޫތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއާއެކު ހުއްޓިފައވާ މަޝްރޫއުތަކުގެ އަދަދު 90 ޕަސެންޓަށް އަރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ހުއްޓިފައި ނުވަތަ ފިނިހަކަ ދުވެލީގައި ހުރި މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތައް މިހާރު ބާތިލުވެސް ކޮށްފައިވާ ކަމަށެވެ.

މިއީ އުނދަގޫ ނިންމުމެއް ކަމަށާއި އަދި އެއާއެކު ބަދަލުވެސް ދޭން ޖެހޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ނަމަވެސް އެ މަސައްކަތްތައް ޓާމިނޭޓް ނުކޮށްފިނަމަ ރައީސްގެ ތަސައްވުރު ހާސިލް ނުވާނެކަން އަޅުގަނޑުމެންނަށް ޔަގީންވާ ޕްރޮޖެކްޓްތައް މި ހުއްޓާލަނީ. ހުއްޓާލާފައި އަވަހަށް އެ މަސައްކަތް ކުރެވޭނެ ގޮތަށް އެ މަސައްކަތްތައް ހަވާލުކުރެވޭތޯ މި ދަނީ ބަލަމުން." ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން