ރޯދަ މަހުގެ ފަހު ދިހައިގެ ބައެއް ދުވަސްތަކުގައި ވެސް އައިޑީ ކާޑު ދޫކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުން ބުނެފި އެވެ.
ޑީއެންއާރުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ކުރިއަށް އޮތް ރޯދަމަހު ހިދުމަތް ދޭނެ ގަޑިތަކާއި ދުވަސްތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ.
އެގޮތުން ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު އައިޑީ ކާޑު ދޫކުރާނީ ހެނދުނު 09:15 އިން 11:30 އަށް ކަމަށް ޑީއެންއާރުން ބުނެއެވެ، ނަމަވެސް އެ ދުވަސްތަކުގައި ދޫކުރަނީ 150 ނަންބަރު ކަމަށް ވެސް ޑީއެންއާރުން ބުނެއެވެ.
އަދި ރޯދަ މަހު ފަހު 10ގައި އައިޑީ ކާޑު ދޫކުރާނީ އޭޕްރީލް އެއް ވަނަ ދުވަހާއި ތިންވަނަ ދުވަހުގެ އިތުރުން އަށް ވަނަ ދުވަހު އެވެ. އެ ދުވަސް ތަކުގައި ހިދުމަތް ދޭނީ ހެނދުނު 09:15 އިން 11:30 އަށެވެ. އަދި ދޫކުރާނީ 150 ނަންބަރެވެ.
ރޯދަ މަހު ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވިފައި ހުންނަނީ ހެނދުނު ނުވަޔަކުން އެކަކަށެވެ. އެކަމަކު މި ފަހަރުގެ ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރުގެ ގިނަ އިދާރާތައް ބަންދުވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު