މާރޗް 11 ވާ ހޯމަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ކަނޑައަޅައިފިއެވެ.

ސައުދީގައި ރަމަޟާން މަހަށް ހަނދުބެލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދުގެ ހަވީރުން ފެށިގެންނެވެ.

އެގޮތުން ރަމަޟާން މަހަށް ހަނދު ފެނިފައިވާކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މިއާއެކު މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިއުލާންކޮށްފައިވަނީ، ރަމަޟާން މަަހަށް ހަނދު ފެނި، އެކަން ފާހަގަކޮށް ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން މިރޭ ނެރުނު އެންގުމެއްގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން