މިއަދު އަހަރެން މަރުވިޔަސް އަހަރެންނަށް ސަވާބު ލިބި ލިބި ހުންނާނެ ކަމެއް ކުރެވިފައި އެބަ އޮތް ހެއްޔެވެ؟
ގޭގައި އިތުރުވެފައިވާ މުސްހަފެއް އެބަ އޮތް ހެއްޔެވެ؟ ނެތްނަމަ މުސްހަފެއް ގަންނާށެވެ. އެއަށްފަހު، މިސްކިތަކަށް ލާށެވެ. އޭގައި އެއްވެސް ނަމެއް ލިޔާނެ ކަމެއް ނެތެވެ. އަދި އެއްވެސް މީހެއްގާތު ބުނާނެ ކަމެއް ވެސް ނެތެވެ.
ތިބާ ކުރި ކަމެއްކަން މާތް ﷲ މޮޅަށްދެނެވޮޑިގެން ވާނެއެވެ. މުސްޙަފު މިސްކިތަށް ލާއިރު، މީހުން އާންމުކޮށް މުސްހަފު ނަގާ ހަރުގަނޑަށް ލާށެވެ. އަދި އެންމެ މަތީގައި ބާއްވާށެވެ. ނޫނީ އެއް މުސްހަފަށްވުރެ ގިނަ މުސްހަފު ގަނެފައި މިސްކިތުގެ އެކި ހިސާބު ތަކުގައި ބަހައްޓާށެވެ.
ނުވަތަ ޤުރްއާން ކުލާހަކަށް ނުވަތަ ޤުރްއާން ހިތުދަސް ކުރާ ކުއްޖަކަށް މުސްހަފެއް ދޭށެވެ.
މިގޮތަށް ކަންތައް ކޮށްފިނަމަ، އެ މުސްހަފުން މީހަކު ކިޔަވާ ކޮންމެ ފަހަރަކު ތިބާއަށް އޭގެ ސަވާބު ލިބޭނެއެވެ. އެއީ ތިބާ މަރުވުމަށްފަހު ފަހުގައި ވީ ނަމަވެސް މެއެވެ.
ޙަދީޘެއްގައި އައިސްފައިވެއެވެ.
އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އޭނާގެ އަމަލުތައް އޭނާގެ ކިބައިން ކެނޑިގެންދެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ހިނގަހިނގާ ހުންނަ ޞަދަގާތެވެ.
-ޝިރުހާން ޢަލީގެ ލިޔުއްވުމަކުން ނަކަލު ކޮށްފައި-

ކިޔުންތެރިންގެ ހިޔާލު