އެކުވެރިންނޭވެ! އާޚިރަތުގެ މޫސުން ކަމުގައިވާ ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެދަނީ އެވެ. އެންމެ ރިވެތި ގޮތުގައި އަދި އެންމެ ފުރިހަމަ ގޮތުގައި އެކަކު އަނެކަކަށްވުރެ ކުރިއަރައި ދިއުމުގައި ވާދަވެރިކަންއޮތީ ކޮން ހިތެއްގައި ހެއްޔެވެ؟
މާތްالله ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ.
“ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަމާއި ނުބައްދަލް ސުވަރުގެޔަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ!”
ރަމަޟާން މަހު ރޯދަ ހިފުމުގެ އިތުރުން އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ ފިޠުރު ޒަކާތް ނެރުމެވެ.
މާތް ރަސޫލާ ﷺ ގެ ޞަޙާބީ أَبُو سَعٍيد الخُدري -رضي الله عنه- ގެ އަރިހުން ރިވާވެގެންވެއެވެ.
(كنا نُخرجُ إذ كان فينا رسولُ اللهِ صلَّى اللهُ عليهِ وسلَّمَ زكاةَ الفطرِ عن كلِّ صغيرٍ وكبيرٍ حرٍّ أو مملوكٍ صاعًا من طعامٍ)
”އަހަރެމެންގެ ތެރޭގައި ﷲ ގެ ރަސޫލާ ﷺ ހުންނަވަނިކޮށް އަހަރެމެން ފިޠުރުޒަކާތް ކާބޯތަކެތީން ޞާޢު އެއްގެ މިންވަރުން ކުދިބޮޑު އެންމެންނަށް އަދި މިނިވަނުންނާއި އަޅުންގެ މައްޗަށް ނެރުނީމެވެ.“ سنن أبي داود 1616
ޒަކާތުގެ ގޮތުގައި ނެރޭ މިންވަރަކީ ”ޞާޢު“ އެއްގެ މިންވަރެވެ. އެއީ އެ ޒަމާނުގައި މިނުމަށްޓަކައި ގެންގުޅުނު އާލަތެކެވެ. މިސާލަށް އަހަރުމެންގެ ތެރޭގައި “ލާހި” “ނާޅި” ގެންގުޅޭ ފަދައިންނެ އެވެ.
ފަހެ، ޞާޢުގެ މިންގަނޑު ބަޔާންކޮށް ޢިލްމުވެރިން ވިދާޅުވެފައިވަނީ، ޞާޢުގެ މިންވަރަކީ، ބޮޑު މީހެއްގެ ދެއަތްތިލަ ޖައްސާފައި ދެއަތްތިލައަށް ފުރާ އެޅޭ މިންވަރުގެ ހަތަރު ފަހަރެވެ. އެހެން ވުމުން ބޮޑު މީހެއްގެ ދެއަތްތިލަ ޖައްސައި ދެއަތްތިލައަށް ފުރާ އެޅޭ މިންވަރު ހަތަރު ފަހަރުމަތިން މިނާލުމުން އެއީ ޞާޢުއެއްގެ މިންވަރެވެ.
މި ޒަމާނުގެ ކިލޯ ގުރާމުން ބަލާނަމަ އެއީ (ގާތްގަނޑަކަށް) 3 ކިލޯ އެވެ. މިއީ ކާބޯތަކެތިން ޒަކާތް އަދާކުރާ މީހާއަށް ޔަޤީނުންވެސް ޒިންމާއިން ބަރީޢަވާނެ ޢަދަދެކެވެ. އެހެންކަމުން މިމާތް މައްސަރުގައި ޒަކާތް ނެރުމަށް އަޅުގަނޑުމެން އެންމެންވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.
ތާބިޢީ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام أبو بكر بن أبي مريم -رحمه الله- ވިދާޅުވެފައިވެ އެވެ. “ރަމަޟާން މަސް އައުމުން ތިޔަބައިމީހުންގެ ހޭދަކުރުން ހުޅުވާލުންހުއްޓެވެ. ފަހެ ހަމަކަށަވަރުން އެ މަހުގައި ހޭދަ ކުރެވޭ ހޭދަކުރުން އެތައް ގުނަތަކަށް އުފުލިގެންވެ އެވެ.”

ކިޔުންތެރިންގެ ހިޔާލު