ތަގުވާ މިސްކިތުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ތަގުވާ މިސްކިތުން މީހަކު ފަންކާއެއް ވަގަށް ނަގައިގެންދާ ވީޑިއޯއެއް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ. ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިރޭ ވިދާޅުވީ ތަގުވާ މިސްކިތުން ވައްކަން ކުރި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ފަންކާ ވަގަށް ނަގައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސިޓީ ކައުންސިލުން އިއްޔެ ވަނީ އާންމުކޮށްފައެވެ.
މި ރޯދަމަހުގެ ތެރޭގައި ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް މިދިޔަ ހަފުތާގައި ގެންދިޔަ މައްސަލަ އެއް ފެންމަތިވެފައިވެއެވެ. އަދި ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ވެސް ބަޔަކު ގެއްލުން ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު