ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ މިނިވަންކަން މަތީ ކަންކަން ނިންމުމަކީ އިދިކޮޅު އެމްޑީޕީއަށް އުނދަގޫވާ ކަމެއް ކަމަށް ކޮންގްރެސް ޕާޓީގެ މަޖިލިސް އިންތިހާބާ ގުޅޭ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮންގުރެސް ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެމްޑީޕީއަށް އަބަދުވެސް ދިވެހިން އަމިއްލައަށް ކަންކަން ކުރާތަން ބެލުމަކީ އުނދަގޫ އަދި ގަބޫލުކުރަން ދަތި ކަމެއްގެ ގޮތުގައި ފާހަގަކުރެވޭކަމަށެވެ. ޗައިނާއިން އުތުރުތިޅަފަޅުގައި ދަނޑުވެރިކަން ކުރުމުގެ ނަމުގައި މަސައްކަތް ކުރަނީ އަސްކަރީ ބާރުވެރިކަން ގާއިމް ކުރުމަށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކަ ދޮގުކުރަށްވަަމުން ހީނާ ވިދާޅުވީ، އުތުރުތިލަފަޅުގައި ހިންގަމުން އަންނަނީ މުޅި ރާއްޖެއަށް އޭގެ މަންފާ ކުރާނެ ފުޑް ސެކިއުރިޓީގެ މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ. މިފަދަ މުހިންމު ކަމެއްގެ ވާހަކަ އެގޮތަށް ދެއްކެވުމުން އެކަމާ ހިތާމަ ކުރަށްވާ ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން މި ސަރުކާރަށް ވާރުތަވީ ދަރަނީގެ ބޮޑު ބައެއް މިހާރު ދައްކާފައިވާ ކަމަށެވެ.
އެގޮތުން ހީނާ ވިދާޅުވީ ސަރުކާރުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާކަމަށެވެ. އަދި މި ސަރުކާރަށް ވާރުތަވި ލޯން ރިޕޭމަންޓްތަކަށް ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް 871 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
އެމްޑީޕީ އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ހީނާ އިތުރަށް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް އިއުލާން ކުރަމުން ދިޔައީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ. އަދި ތަރައްގީ ގެނައުމުގެ ނަމުގައި ކުރީގެ ސަރުކާރުން ކުޅުނީ "އަކުންބަކުން" ކަމަށް ހީނާ ވިދާޅުވިއެވެ.
"ރައީސް މުޢިއްޒު ސަރުކާރު އައިސްގެން ވަކި ޕްރޮޖެކްޓެއް ހުއްޓިފައެއް ނޯންނާނެ، މި ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން މިދަނީ އެ ޕްރޮޖެކްޓް ތައް ފެށުމަށް." ހީނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު