މި ސަރުކާރު ވީހާވެސް އަވަހަކަށް ވެރިކަމުން ދުރުކުރަންޖެހޭކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ހިންނަވަރު ދާއިރާއަށް ވާދަކުރާ ޖީހާންގެ ކެމްޕޭންގައި މިރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ދަނީ ރައްޔިތުންނަށް އެކި ގޮތްގޮތުން ބިރުދައްކަމުން ކަމަށެވެ.
ޞާލިޙް މިހެން ވިދާޅުވީ، މިފަހުން ހިންނަވަރުގައި ޕީއެންސީއިން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ސަރުކާރު ކުންފުނިތަކުގައި އުޅޭ މުވައްޒަފުން މަޖިލިސް އިންތިހާބުގައި އެއްބާރުލުން ނުދީފިނަމަ ފިޔަވަޅު އަޅަން ގޮވާލި މައްސަލައާއި އިއްޔެ ދިއްދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ޕާޓީގެ މެމްބަރުންގެ ގޭބިސީތަކަށް އެކަނި ކަރަންޓު ދޭން ގޮވާލި ވާހަކައަށް އިޝާރާތް ކުރައްވައެވެ.
ޞާލިޙް ވިދާޅުވީ އެ ދައްކަނީ އަސާސީ ހިދުމަތެއްގެ ވާހަކަ ކަމަށާއި މިއަދު ކަރަންޓާ ނުލައި ދިރިއުޅުން ފުރިހަމަ ނުކުރެވޭއިރު ވަކި ބަޔަކަށް ތާއީދު ކުރާތީ އެ ހިދުމަތްތައް ކަނޑާލަން އެބަ ގޮވާލާކަމަށެވެ.
“މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ. ރައްޔިތުންނަށް އެކަހަލަ އުނދަގުލާއި ދުއްތުރާ ކުރުމުގެ ވިސްނުން ހުރި ބަޔަކު،" ޞާލިޙް ވިދާޅުވިއެވެ.
ޞާލިޙް ވިދާޅުވީ ކެމްޕޭންތެރޭގައި އެވާހަކަ އެގޮތަށް ދެއްކުމުން ޕީއެންސީން ބަޔާންނެރެ އެއީ ދޮގެއްކަމަށް ބުނާ ކަމަށެވެ. އަދި އެ ވެރިންވެސް ހަދާނީ ދޮގުކަމަށާ ސަބަބަކީ ވެރިޔަކަށް ހުންނެވި ބޭފުޅާގެ މަސައްކަތަކީ ވެސް ދޮގު ހެދުންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު