ކުޅުދުއްފުށީ ސިޓީއަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްފަހު ރޭ މުޅި ރަށަށް ކަރަންޓް ދީފައި ވަނިކޮށް އަނެއްކާވެސް މިއަދު އެ ސިޓީން ކަރަންޓުގެ ޚިދުމަތް މެދު ކެނޑިއްޖެއެވެ.

ކުޅުދުއްފުށީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، މިއަދުގެ ހެނދުނު ނުވައަކުން ފެށިގެން މުޅިން ރަށުން އަނެއްކާ ވަނީ ކަރަންޓު ކެނޑިފަ އެވެ.

ފެނަކައިން ރޭ ބުނީ، އިއްޔެ ހެނދުނު ކުޅުދުއްފުށީގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލްމޮޑިއުލް އަނދައި މުޅިރަށުން ކަރަންޓު ކެޑުނު މައްސަލަ ހައްލުކޮށް ރޭ 8:10 ގައި ވަނީ މުޅިރަށަށް ކަރަންޓު ދީފައި ކަމަށެވެ.

އަދި ދިމާވި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުޅުދުއްފުށި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި އެ ސިޓީން ކަރަންޓް ކެނޑުނީ އިއްޔެ ހެނދުނު 9:15 ގައެވެ. ކަރަންޓް ކެނޑުމާއިއެކު ފެނަކައިންވަނީ ލަސްނުވެ އަލުން ކަރަންޓް ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އަދި ސްޓެލްކޯގެ ފަރާތުން ވެސް ވަނީ އެ މަސައްކަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓެކްނިކަލް ޓީމެއް އެ ރަށަށް ފޮނުވައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން