އިނގެރޭސިވިލާތުގެ ބޭސްއުފައްދާ އެސްޓްރާޒެނެކާ ކުންފުނީގެ ކޮވިޑް ވެކްސިނެއް މާރކެޓުން ނަގައިފިއެވެ.

އެސްޓްރާޒެނެކާއިން މާރކެޓުން ނަގައިފައި ވަނީ އެ ކުންފުނިން އެންމެ ފުރަތަމަ އުފެއްދި ވެކްޒެވްރިއާ ކޮވިޑް ވެކްސިންއެވެ.

ކޮވިޑް 19 ގެ އާ ވޭރިއަންޓްތައް އުފެދުމާއި ގުޅިގެން އެ ވޭރިއަންޓްތަކަށް އާ ވެކްސިންތައް ތައާރަފްވުމާއެކު ވެކްޒެވްރިއާއަށް އޮތް ޑިމާންޑް ދަށްވުމާއި ގުޅިގެން މާރކެޓުން ވެކްސިން ނެގީ ކަމަށް އެސްޓްރާޒެނެކާގެ ތަރުޖަމާނަކު ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ވެކްޒެވްރިއާ އުފެއްދުމާއި ސަޕްލައިކުރުން ހުއްޓާލާފައިވާ ކަމަށެވެ.

އެސްޓްރާޒެނެކާއާއި ދެކޮޅަށް ކޯޓުގައި ދަނީ މައްސަލައެއް ހިނގަމުންނެވެ. އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނުން ތްރޮމްބޯސިސް ވިތް ތްރޮމްބޮސީޓޮޕީނިއާ ސިންޑްރޯމް ޖެހި ލޭ ގަނޑުވުމަށް މަގުފަހި ކޮށްދޭކަމަށެވެ. އެސްޓްރާޒެނެކާއިން ވަނީ ވަރަށް މަދު ހާލަތްތަކުގައި މި ސިންޑްރޯމް ޖެހޭ ކަމަށް އެއްބަސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން