ބަނޑޭރި ކޮށީގެ އެޕާރޓްމެންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ އޮޓޮޕްސީއެއް ހަދަން ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ މަރުވެފައި އޮތް މީހާ ފެނުނީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރި ކޮށި އެޕަރޓްމެންޓެއް ބަލާ ފާސްކުރަމުންދަނިކޮށް ކަމަށާއި އެ މީހާއަކީ 30 އަހަރުގެ ދިވެހި ފިރިހެނެއްކަން މިހާތަނަށް ހޯދި މައުލޫމާތުން ސާފުވެފައިވާކަމަށެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން އަޙްމަދު ޝިފާން މިރޭ ވިދާޅުވީ އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް މިހާރު ފުލުހުން ނިންމާފައިވާކަމަށެވެ. ނަމަވެސް އެކަމާގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

ފާހަގަ ކޮށްލެވޭގޮތުގައި އާންމު ގޮތެއްގައި އޮޓޮޕްސީއެއް ހަދަނީ ފުލުހުންނަށް އެ މީހާގެ ހަށިގަނޑުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން