ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުންދާ ކަމުގެ އަލިގަދަ ހެކި ފެންނަން ފަށައިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް އެކްސްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު 2 މިލިއަން ޑޮލަރު ފޮރުވިފައިހުރި ސަވްރިން ޑިވެލޮޕްމަންޓު ފަންޑު ހަމަސް ތެރޭގައި 40 މިލިއަން ޑޮލަރަށްވުރެ މައްޗަށް މިހާރު އަރާފައިވާ ކަމަށެވެ.
އެހެންވެ މިއީ އިގްތިސާދީ ރަނގަޅު ފާލެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.
"[މިއީ] އިޤްތިޞާދީ ރަނގަޅުހަމަތަކެއް އަޅުއްވައިފިކަމުގެ އަލިގަދަ ހެއްކެއް." ޝިޔާމް ވިދާޅުވި އެވެ.
ސޮވަރިން ފަންޑަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަރުކާރުގައި އުފެއްދެވި ފަންޑެކެވެ. ނަމަވެސް ނިމިގެން ދިޔަ ސަރުކާރުގައި އެ ފަންޑުގައި ހުރި ފައިސާ ވަނީ ދަށަށް ގޮސްފަ އެވެ.
ހަަމަ އެހެންމެ ކޮވިޑާ ގުޅިގެން އެ ފަންޑުގައި ހުރި ޑޮލަރު ރުފިޔާއަށް ބަދަލުކޮށް ވަނީ ބޭނުން ކޮށްފަ އެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަަމަށް އައުމަށްފަހު އަލުން އެފަންޑް ދިރުވައި ފަންޑަށް ޑޮލަރު ޖަމާކުރަން ވަނީ ފަށައިފަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރު އެ ފަންޑަށް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާ ކުރެވޭ ވަރުވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު