މޫސުން ގޯސްވެ މެދު ރާއްޖެތެރެއަށް މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން އޮރެންޖު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފައެވެ. އެގޮތުން މިއަދު 17:30 އިން ފެށިގެން މިރޭ 20:30 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އަދި ގަޑިއަކު 36 މޭލާއި 42 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ހެނދުނާއި މެންދުރުފަހު ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.

Orange warning. pic.twitter.com/C9tXdvvq5W
— Maldives Meteorology (@MetMaldives) May 21, 2024
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ހެނދުނާއި މެންދުރުފަހު ވަނީ ރީނދޫ ސަމާލު ވެސް ނެރެފައެވެ.
ކިޔުންތެރިންގެ ހިޔާލު