ދާދިފަހުން އެޕަލް ކުންފުނިން ނެރުނު އައިއޯއެސް 18 އާއި އެކު އައިފޯން ބޭނުންކުރާ ފަރާތްތަކަށް ފޯނު ގެންގުޅުމުގައި އެކި ކަހަލަ މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ޓެކް ދާއިރާގެ މާހިރުން ބުނަން ފަށައިފިއެވެ.
ހޯމަ ދުވަހުން ފެށިގެން ޑިވެލޮޕަރުން އައިއޯއެސް 18 ބީޓާ ޓެސްޓް ކުރަމުން އަންނައިރު، ޓެކްސްޓް ނޮޓިފިކޭޝަންތަކާއި، ބެޓެރީ ލައިފް، ފޮޓޯ ސޭވިންގް އަދި އާ 'ލޮކް އެންޑް ހައިޑް އެން އެޕް' ފީޗާ - އަދި އެހެނިހެން ފީޗާތަކުގެ ބަގްތައް ހުރިކަން ވަނީ ހާމަކޮށްފަ އެވެ.
ބީޓާ ވާޝަން މިފަދަ ޓްރައިލްތަކަށް ހާއްސަކޮށްފައިވާއިރު، ބައެއް ފަރާތްތަކުން ދަނީ މިކަން އަމިއްލަ އަށް ތަޖުރިބާ ކުރުމަށް މި ވަރޝަން ޑައުންލޯޑްކޮށްގެން ރިސްކް ނަގަމުންނެވެ.
އަމިއްލަ ތަޖުރިބާ ހިއްސާ ކުރަމުން އެކްސްގައި ކުރި ޕޯސްޓެއްގައި ޑިވެލޮރަޕަރަކު ވަނީ އައިއޯއެސް 18 ޑައުންލޯޑް ކުރަން ބޭނުންވާ މީހުންނަށް އިންޒާރުގެ މެސެޖެއް ހިއްސާ ކޮށްފައެވެ. އޭނާ ބުނީ އާ އައިއޯއެސް އެޅުމުން ބައެއް އެޕްތައް މަސައްކަތް ނުކޮށްފާނެ ކަމަށާއި ފޯނު ހުއްޓުމުގެ މައްސަލަތައްވެސް ކުރިމަތި ވެދާނެ ކަމަށެވެ.
މިފަދަ މައްސަލަތައް ޖެހެން ދިމާވަނީ ކޮންމެ ފަހަރަކުވެސް އެޕަލްގެ އާ އުފެއްދުމެއް ނެރުމާއެކު އެ އުފެއްދުމެއް ބޭނުން ކުރުމަށް ފަސޭހަ ވާނޭ ގޮތަށް އައިއޯއެސް އަށް އަޕްގްރޭޑް ގެނައުމުންނެވެ. އަދި މިފަދަ މައްސަލަތައް ބޮޑަށް ދިމާވާނީ ކުރީގެ ފޯނުތަކަށް ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު