ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަމުގެ މަގާމަށް ހުސެއިން ރިޒާ މިއަދު އިންތިހާބުކޮށްފި އެވެ.
ޖޭއެސްސީގެ ރައީސް ކަމުގެ މަގާމަށް މާފުށި ދާއިރާގެ މެމްބަރު ޙުސެއިން ރިޒާ އިންތިހާބުކުރީ މިއަދު އޮތް ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.
އޭނާ އެމަގާމަށް އިންތިހާބުކުރިއިރު ޖޭއެސްސީގެ މެންބަރު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އިންނަވާ ބޭފުޅެއްގެ ގޮތުގައި ރިޒާ ވަނީ މީގެ ކުރިން ހަމަޖައްސާފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޖުޑީޝަރީގައި މަސައްކަތް ކުރައްވާފައިވާ ރިޒާ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ޖޭއެސްސީގައި ތިއްބަވަނީ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ އާންމު މެންބަރަކާއި އެޓާނީ ޖެނެރަލާއި ރައީސް ކަނޑައަޅުއްވާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާ މެންބަރެކެވެ.
ޖޭއެސްސީގެ ރައީސްކަމަށް ރިޒާ އިންތިހާބު ކުރިއިރު، އެ ކޮމިޝަންގެ ނައިބު ރައީސަކީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ކިޔުންތެރިންގެ ހިޔާލު