ގިނަ ބައެއްގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބުނު ފިލްމް ބޯޑާގެ ކާމިޔާބީއަށް ފަހު 27 އަހަރު ފަހުން އޭގެ 2 ވަނަ ފިލްމެއް ނެރެން ސަނީ ޑިއޯލް ނިންމައިފިއެވެ.

ޖޭޕީ ދަތު ޑައިރެކްޓްކޮށް 1997 ވަނަ އަހަރު ރިލީޒްކުރި ފިލްމް ‘ބޯޑާ’ އަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި ފިލްމުގައި ސަނީ ޑިއޯލް، އަކްޝޭ ކަންނާ، ސުނިލް ޝެޓީ އަދި ޖެކީ ޝްރޮފް ފަދަ ގިނަ ތަރިން އެކުގައި ފެނިގެން ގޮސްފައިވެ އެވެ. އޭގެ ސީކުއެލް ހެދުމާ ބެހޭ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރެވެނު ނަމަވެސް ގޮތެއް އޮތީ ނުނިންމި އެވެ.

ސަނީ ޑިއޯލް އޭނާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ވަނީ ”ބޯޑާ 2“ ގެ ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. މި ވީޑިއޯގެ ބެކްގްރައުންޑުން އެކްޓަރުގެ އަޑު އިވޭއިރު، ”މީގެ 27 އަހަރު ކުރިން ސިފައިންގެ މީހަކު އެނބުރި އަންނާނެ ކަމަށް ވައުދުވި ކަމަށް ބުނާ އަޑު އިވެ އެވެ. އެ ވައުދު ފުއްދައި، އިންޑިއާގެ ފަސްގަނޑަށް ސަލާމް ކުރެއްވުމަށް އަނެއްކާވެސް އޭނާ އަންނަނީ.“ މި އަޑު އިވެއެވެ.

އެތައް އަހަރެއްގެ އިންތިޒާރަކަށް ފަހު ސައީ ޑިއޯލްގެ މި އިއުލާނާ އެކު އޭނާގެ ފޭނުން ދަނީ އުފާ ފާޅުކޮށް ފިލްމުގެ އިންތިޒާރުގައި ތިބިކަން ހާމަކޮށްފައެވެ. ޖޭޕީ ދަތްގެ ފިލްމު ބޯޑާ ސިނަމާތަކަށް ރިލީޒް ކުރީ މީގެ 27 އަހަރު ކުރިން، 13 ޖޫން، މި ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން