ޗުއްޓީއަށް ރާއްޖެއަށް އައިސް އުޅެނިކޮށް ގެނބުނު ފަތުރުވެރިންގެ ދެމަފިރިން ސަލާމަތް ކުރުމަށް ރިއާލް މެޑްރިޑްގެ ކުޅުންތެރިއެއް އެހީވެއްޖެއެވެ.

އޮފް ސީޒަން ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިން ގެނބެނިކޮށް ސަލާމަތް ކުރީ ރެއާލް މެޑްރިޑްގެ ކުރީގެ ޒުވާން ކުޅުންތެރިޔާ ސާޖިއޯ އަރީބާސް އެވެ.

https://x.com/leroyyokyere/status/1802298595153969609?s=46&t=8Jrgi34M5DtRUsa7pw962g

ސްޕެނިޝް ނިއުސް އައުޓްލެޓް މާކާ އިން ބުނި ގޮތުގައި ރެއާލް މެޑްރިޑްގެ ކުރީގެ ޒުވާން ކުޅުންތެރިޔާއަށް ގެނބެމުން ދިޔަ ދެމަފިރިން ފެނުނީ އޭނާގެ ވިލާގެ ޕޫލުގައި އޮއްވައެވެ. އަދި ދެ ފަތުރުވެރިއަކު މޫދުގައި ގެނބެމުންދާ މަންޒަރު ފެނުމުން އެ ސަރަހައްދުގައި އިތުރު މީހަކު ހުރިތޯ ބެލިކަމަށާއި އަދި މީހަކު ނެތް ކަން ޔަގީން ވުމުން އަވަހަށް ފަތުރުވެރިން ސަލާމަތް ކުރުމަށް އެމީހުންނާ ދިމާއަށް ފަތަން ފެށީކަމުގައި ނޫހުގައި ބުނެފައި ވެއެވެ.

އޭނާގެ މަސައްތުން ދެ ފަތުރުވެރިން ސަލާމަތް ކުރެވުނުކަމަށާއި އޭގެ ފަހުން އެމީހުންގެ މިހާރުގެ ހާލަތެއް އަދި ލިބޭގޮތް ނުވާ ކަމަށް ކުޅުންތެރިޔާ ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން