އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އީދު ފާހަގަކުރާ އިރު އެހެން ދީން ތަކާއި އިސްލާމްދީނާ ފުށު އަރާ ކަންތައްތައް އީދުގެ ހަރަކާތްތަކުގެ ތެރޭގައި ކުރިއަށް ގެންދާކަމަށް ބުނެ ބައެއް ދީނީ އިލްމުވެރިން ދަނީ ފާޑު ވިދާޅުވަމުން ނެވެ.
މި ފާޑުކިއުންތަކާ ގުޅިގެން މިނިސްޓަރު ޝަހީމް އެކްސްގައި ވަނީ މިހާރަކަށް އައިސް އީދުގައި ކުލަ ޖާހަތީ އެކަމާ މެދު ދެކޭ ގޮތް ހާމަ ކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށެވެ. ދިވެހި ސަގާފަތަކީ އީދުގައި ފެން ޖެހުން ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވަރަށް ފަހަކާ ޖެހެންދެން އީދުގައި ފެން ޖަހައި ހަދައި އުޅެއެވެ.
ނަމަވެސް މޮބައިލް ފޯނު ތައާރަފްވީ ފަހުން ފެން ޖެހުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
އޭގެ ފަހުން ހިންދޫ ދީނުގެ މީހުން އެ މީހުންގެ އީދު "ހޮލީ" ފާހަގަކުރަން ކުަލަ ޖަހާގޮތަށް ދިވެހީން ވެސް މިހާރު ދަނީ ޢީދުގައި ކުލަޖަހަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު