ކުރީ ސަރުކާރުން ދޫކޮށްލި އެތައް ސަތޭކަ ގައިދީންނާއެކު މާލޭގައި ވަގުންގެ ނެޓްވޯކު ހުއްޓުވަން ދަތިވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގައި ވަގުންގެ ބޮޑު ނެޓް ވޯކެއް އޮތް ކަން ފާހަގަކޮށް ރާއްޖޭގެ ނޫހަކުން މިއަދު ވަނީ ރިޕޯޓެއް ގެނެސްދީފަ އެވެ.

އެ ރިޕޯޓާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މިއީ ވަރަށް ދެރަ ހަގީގަތެއް ކަމަށެވެ. އަދި އެހެން ދިމާވެގެން އުޅޭ ސަބަބު ވެސް ޝިފާން ސާފުކޮށްދެއްވި އެވެ.

އޭނާ ވިދާޅުވީ އެހެން ދިމާވީ މީގެ 10 މަސް ކުރިން [ކުރީ ސަރުކާރުން] 454 ކުށްވެރިން ޖަލުތަކުން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ.

އަދި އުމްރާނީ ބިނާތައް ތަރައްގީކުރަން ކުރިން ޕްލޭނެއް ނެތި މަޝްރޫއުތައް ހިންގި ގޮތުން ގާނޫނުތައް ނަގަހައްޓައި ތަންފީޒުކުރަން ދަތިވެ ވަގުންގެ ނެޓްވޯކް ހުއްޓުވަން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ގައުމު މި އޮތީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވަގުންގެ ނެޓް ވޯކުގެ މައްސަލަ ރިޕޯޓްކުރި ނޫހުން ބުނީ އެ ވައްކަންތަކަކީ މަސްތުވާތަކެއްޗާ ގުޅިފައިވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން ވައްކަން ކުރުމަށް ފަހު އެ ތަކެތި ގެންދަނީ މަސްތުވާތަކެތީގެ ކާޓެލްތަކަށް ކަމަށާއި އެއަށް ފަހު އެތަކެތި "މޯގޭޖް" ކުރުމަށް ފަހު މަސްތުވާތަކެތި ގަންނަނީ ކަމަށެވެ.

އަދިި އޭގެ ފަހުން އެ މަސްތުވާތަކެތި ގެންގޮސް މާރުކޭޓް ސަރަހައްދުގައި ބިދޭސީންނަށް ނީލަމުގައި ވިއްކަނީ ކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން