ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.

މާލެއިން ގެއްލިގެން ހޯދަމުން ދިޔައީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ އެވެ.

ފުލުހުން އިއްޔެ ބުނީ ޔަލްވީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އާއިލާއިން ބުނާ ކަމަށެވެ.

އެހެންވެ އޭނާ ހޯދުމަށް އެހީއަށް އެދި ފުލުހުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

ފުލުހުން ބުނީ ޔަލްވީ ފެނުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ނަމަވެސް އޭގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން