ރާއްޖެއިން މި އަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އެކަކު މި ވަގުތު ހޮސްޕިޓަލުގައި އޮތް ކަމަށާއި އެކަމަކު އާންމު ގޮތެއްގައި ހުރިހާ ޙައްޖުވެރިންގެ ހާލު ވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހާޖީން މިހާރު ވަނީ ފުރަން ތައްޔާރުވެފައި ކަމަށެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިވެެއްސަކު ވަނީ ނިޔާވެފައެވެ. އެއީ މައްކާގައި ނިޔާވެފައިވާ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ފާޠިމަތު ޙަފީޒާ (80އ) އެވެ.

ޝަހީމް ވިދާޅުވީ އިތުރު ހާޖީއަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށެެވެ. އެހެން އެންމެންގެ ހާލު ރަނގަޅު ކަމަށް ޝަޙީމް ވިދާޅުވިއެވެ.

ރާއްޖޭގެ ހައްޖާޖީން މާލެ އަންނާނީ ހަތަރު ދުވަހެއްގެ މަތީންނެވެ. އެއީ ޖޫން 24 ވަނަ ދުވަހާއި 28 ވަނަ ދުވަހާއި ޖުލައި 01 ވަނަ ދުވަހާއި އަދި ޖުލައި 04 ވަނަ ދުވަހުއެވެ.

ހައްޖުގެ އަޅުކަމަށް މައްކާއަށް މިނިސްޓަރު ޝަހީމް ވެސް ވަޑައިގެންނެވި އެވެ. ޙައްޖު ދަތުރު ނިންމަވާލެއްވުމަށްފަހު ޝަހީމް މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން