ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ކިޔައި ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.
މިއަދު ބޭއްވި މި ބައްދަލުވުން ސިއްރުކޮށްފައިވާއިރު ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވެސް ހާޒިރުވެފައެއް ނުވެއެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނަށް ދައުވަތު ދެއްވިއެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންނެވީއެވެ. ކޮމިޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ކޮމިޓީއަށް ބޭނުންވާ މައުލޫމާތު ފިނޭންސް މިނިސްޓްރީން ލިޔުމުން ހުށަހަޅާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ މީގެކުރިންވެސް ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން އެދިވަޑައިގެންފައެވެ. އެހެންވެ، މިނިސްޓްރީގެ ލިޔުންތައް ކޮމިޓީގައި މަޝްވަރާކުރުމަށް ބައްދަލުވުން ސިއްރު ކުރަން ކޮމިޓީ އަށް ހުށަހެޅިއެވެ. އަދި އެކަމަށް ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ކޮމިޓީ ސިއްރު ކުރަން ނިންމައިފައެވެ.
ދިވެހިރާއްޖޭގެ މާލީ ހާލަތު މަޖިލިހުގެ ކޮމިޓީ އަށް އޮޅުން ފިލުއްވައި ދެއްވުމަށް އެދިވަޑައިގެން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި އެ ކޮމިޓީގެ މެމްބަރު އަހުމަދު ނާޒިމެވެ.

ކިޔުންތެރިންގެ ހިޔާލު