ހުޅުމާލެ ފޭސް ދޭއްގައި 10 ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މީހުން ދިރިއުޅޭ ފްލެޓްތައް ހެދުމަށް އެ ޓަވަރުތައް އަޅަން 10 ބިމެއް ފޭސް ދޭކުން ދޫކުރަން ވެސް ވަނީ ނިންމައިފަ އެވެ.

އެ ބިމުގައި އަޅަން ބޭނުންވަނީ 14 ބުރީގެ ހަ ޓަވާރާއި، 20 ބުރީގެ ދެ ޓަވަރާއި 15 ބުރީގެ ދެ ޓަވަރު ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.

އެ ޓަވަރުތައް އަޅަން ބޭނުންވަނީ މީހުން ދިރިއުޅެވޭނެ އެޕާޓްމެންޓްތަކާއި އެކު ވިޔަފާރި ކުރުމަށް ހާއްސަ ތަންތަނާއި، އާންމު ހިދުމަތްތަކާއި ޕާކިންގ ހިދުމަތް ވެސް ދެވޭ ގޮތަށް ކަމަށް އެޗްޑީސީން ބުނެއެވެ.

އެކަމަށް އެދި "އެކްސްޕްރެޝަން އޮފް އިންޓަރެސް" ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން މިހާރު ވަނީ ހުޅުވާލައިފައެވެ.

އެ މަސައްކަތް ހަވާލުކުރާނީ އެޗްޑީސީގެ ސިޔާސަތުތަކާ ގުޅޭ ގޮތަށް އެންމެ ފުރިހަމަ ޕްރޮޕޯސަލަކާއި އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް އިއުލާންގައި ބުނެފައި ވެއެވެ.

ފޭސް ދޭއްގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެން ޓަވަރުތައް ހަދަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން