ރެޑްބުލް ހާފް ކޯޓް އަނެއްކާވެސް ރާއްޖޭގައި ފަށަން ތައްޔާރުވެއްޖެއެވެ.

މި ހަރަކާތުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު (3x3) ސްޓްރީޓްބޯލް ކުޅުންތެރިން ހޯދަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ދުނިޔޭގެ އެންމެ މޮޅު ސްޓްރީޓްބޯލް ކުޅުންތެރިން ހޯދުމަށް 25 ގައުމެއްގެ ކުޅުންތެރިން މި މުބާރާތުގައި ބައިވެރިވާއިރު މިހާރު މުބާރާތުގެ ޕްރެކްޓިސްތައްވެސް ވަނީ ފަށާފައެވެ. އެގޮތުން މާލެ ސިޓީ ކޮލިފައިން ޖުލައި މަހުގެ 11 ވަނަ ދުވަހު އެކުވެނި އައުޓްޑޯ ބާސްކެޓްބޯޅަ ކޯޓުގައި ފަށާނެ އެވެ.

2024 ވަނަ އަހަރު 8،000 އަށް ވުރެ ގިނަ ބައިވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި މުބާރާތުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ޓީމުގެ ތަށި ހޯދުމުގެ އުންމީދުގައި އެތައް ހާސް ޓީމުތަކެއް މުބާރާތުގައި ވާދަކުރަން ވަނީ ހަމަޖެހިފަ އެވެ.

އެމެރިކާގެ ނިއުޔޯކުގައި މި މުބާރާތުގެ ހާފް ކޯޓް ވޯލްޑް ފައިނަލް ބާއްވަން ނިންމާފައިވާއިރު މިފަހަރުގެ މުބާރާތުގައި ވާދަވެރިކަން އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ. ސަރަހައްދީ ކޮލިފައިންގެ ކުޅުންތައް ކުޅުދުއްފުށީ ސިޓީ، ވަން އެންޑް އޮންލީ ރީތީ ރަށް، އަދި މާލެ ސިޓީގައި ކުރިޔަށް ދާނެއެވެ. ރާއްޖެ ތަމްސީލު ކުރާނީ މި މުބާތްތަކުގައި އެންމެ ގިނައިން ޕޮއިންޓް ހޯދާ ޓީމުތަކުންނެވެ.

ރެޑްބުލް ހާފް ކޯޓް ކޮލިފައިން އަދި ގައުމީ ފައިނަލްގެ ތާރީހު:

● 29 ޖޫން - ކުޅުދުއްފުށީ ސިޓީ ކޮލިފައިން

● 6 ޖުލައި - ވަން އެންޑް އޮންލީ ރީތީ ރާށް ކޮލިފައިން

● ޖުލައި 11 & 12 - މާލެ' ސިޓީ ކޮލިފައިން (އެކުވެނީ އައުޓްޑޯ ބާސްކެޓްބޯޅަ ކޯޓް)

● 13 ޖުލައި - ގައުމީ ފައިނަލް (އެކުވެނީ އައުޓްޑޯ ބާސްކެޓްބޯޅަ ކޯޓް)



‘ރެޑްބުލް ހާފް ކޯޓް މާލެ’ ސިޓީ ކޮލިފައިން މެޗު ފަށާނީ 11 ޖުލައި 2024 ގައި އެކުވެނީ އައުޓްޑޯ ބާސްކެޓްބޯޅަ ކޯޓުގަ އެވެ. މާލެ ސިޓީ ކޮލިފައިން އަށް ފަހު މާލެ ސިޓީގެ ގަދަ ހަ ޓީމާއި ކުޅުދުއްފުށީ ސިޓީ ކޮލިފައިން (އައިލެންޑް ބޮއިޒް) އިން މޮޅުވާ ޓީމާއި ވަން އެންޑް އޮންލީ ރީތީ ރަށް ކޮލިފައިން (ޓީމް 69) އިން މޮޅުވާ ޓީމެއް އެކުވެނީގައި ކުޅޭ ގައުމީ ފައިނަލުގައި ވާދަކުރާނެ އެވެ. އައުޓްޑޯ ބާސްކެޓްބޯޅަ ކޯޓުގައި 13 ޖުލައި 2024. މެޗުތައް ފެށޭނީ ކޮލިފައިން ތާރީހުގެ ހަވީރު 4:00 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން