ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގެ ހިދުމަތް ނ. އަތޮޅަށް ފަށަން ތައްޔާރުވެއްޖެއެވެ.

ނ. އަތޮޅަށް ފެރީގެ ހިދުމަތް މި މަހު ފަހުކޮޅު ފަށަން ތައްޔާރީތައް ވާން މިހާރު ވަނީ ފަށާފައެވެ.

އާރްޓީއެލް ފެރީގެ ގޮތުގައި ނ. އަތޮޅަށް ހާއްސަކޮށް އަދި ބޭނުން ކުރާނީ ދެ ލޯންޗް ފެރީއެވެ. އެ އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އޭޕްރިލް މަސް ތެރޭގައެވެ. މި ދަތުރުތައް ފެށުމަށް ޓެސްޓު ބުރުތައް މިހާރު ވަނީ ބާއްވާފައެވެ.

އާރްޓީއެލްގެ ހިދުމަތް ދޭން ރާވާފައި އޮތީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު 4 ޒޯނެއްގައި ހިދުމަތް ފަށާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ރ. އަތޮޅުގައި ފަށާނީ ކުރިއަށް އޮތް އޯގަސްޓް މަހުގައެވެ. އަދި ބ. އަތޮޅުގައި ހިދުމަތް ފަށާނީ ސެޕްޓެމްބަރު މަހުގައެވެ.

އާރްޓީއެލް ހިދުމަތް މިހާރު ދެމުން ދާ ޒޯންތައް:-

ޒޯން 1: ހއ. ހދ. އަދި ށ. އަތޮޅު
ޒޯން 2: ޅ. އަތޮޅު
ޒޯން 5: ގއ. އާއި ގދ. އަތޮޅު
ޒޯން 6: ފުވައްމުލައް އަދި އައްޑޫ

އާރްޓީއެލް ހިދުމަތް ނުފަށާ ޒޯންތައް:-

ޒޯން 3: ކ، އއ، އދ އަދި ވ އަތޮޅު
ޒޯން 4: މ، ފ، ދ، ތ އަދި ލ އަތޮޅު

އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޖޫން 12، 2022 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން