އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނު
އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނު
ސަރުކާރުން އިމްޕޯޓް ޑިއުޓީތަކަށް ގެނައި ބަދަލާއި ގުޅިގެން އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނާއި، ޔަންމާ އިންބޯޑް އިންޖީނުތަކުގެ އަގުތަކަށް ހެޔޮބަދަލު ތަކެއް ގެނެސްފިއެވެ.

އެމްޓީސިސީން ބުނީ މި ގެނެވުނު ހެޔޮ ބަދަލާއި ގުޅިގެން "މާބޮޑަށްވެސް އަގުހެޔޮވެއްޖެ" ނަމުގައި އެ ކުންފުނިން މިހާރު ކެމްޕޭނެއް ފަށާފައިވާ ކަމަށާއި، އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ.

އެގޮތުން ކޮންމެ އަހަރަކު ވެސް އެކި އެކި ޕްރޮޑަކްޓް ތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުވުމުގެ ހަރަކާތްތައް އަބަދުވެސް ރާވާހިންގަމުން ދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.

ރާއްޖޭގައި ގާޢިމްކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުނި ކަމަށްވާ އެމްޓީސީސީއަކީ ޔަންމާ އިންޖީނާއި، ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑް ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

އެމްޓީސީސީއިން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަތުރުފަތުރުގެ ޚިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން