ހިތަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުގެންނަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދާއިރާގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ހިތަދޫގެ ރައްޔިތުންނަށް މި ޔަގީންކަން އެމަނިކުފާނު ދެއްވާފައިވަނީ އެދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އާއިއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތަދޫގެ ރައްޔިތުންގެ މިވަތުގެ އެންމެބޮޑު ކަންބޮޑުވުންތަކުގެ ގޮތުގައިހުރި ނަރުދަމާއާއި، ހޮސްޕިޓަލުގެ ހިދުމަތާއި، އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިބައްދަލުވުމަށްފަހު މެމްބަރު ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް މިސަރުކާރުން ހައްލު ހޯއްދަވައި ދެއްވާނެކަމުގެ އިތުބާރާއި ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ކަށަވަރު ކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ ޔަގީންކަން މިބައްދަލުވުމުން ލިބިވަޑައިގެންފައިވާކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

"ރައީސް ފައިންޕުޅު ދެކެފިން، އާސަންދަ އައްޑޫ ސިޓީން ލިބި، ހިތަދޫގެ ނަރުދަމާގެ މަސައްކަތްފެށި، ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުޅާ ކުރެވި ހަރުދަނާ ކުރައްވާނެކަން ޔަގީން ކޮށްދެއްވި." އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ނަރުދަމާގެ މަސައްކަތް ލަސްވަނީ މުވައްޒަފުންގެ ދަތިކަން ހުރުމުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ފެނަކައިން ބުނެފަިއވާ ގޮތުގައި ހިތަދޫ ދެކުނު ދާއިރާގެ ގެތަކަށް ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ފެށި މިމަހުގެ 12އާ ހަމައަށް އެމަސައްކަތް ނިންމާލެވޭނެކަމަށެވެ. މީގެއިތުރުން ހިތަދޫ އުތުރު އަދި މެދު ދާއިރާއަށް ކަނެކްޝަން ގުޅުމުގެ މަސައްކަތް މިމަހުގެ މެދެއްހާ ތަނުގައި ފަށައި އަންނަ އޮކްޓޯބަރުމަހުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް މަައުލޫމާތު ލިބިފައި ވެއެވެ.

އައްޑޫސިޓީގެ ނަރުދަމާ މަސައްކަތުގެތެރެއިން މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގެ ނަރުދަމާގެ ހޮޅިތަށް އަދި މުޅިން އަޅައި ނުނިމޭކަމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލާދީ އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. މިހާތަނަށް އައްޑޫގައި ނިމިފައިވަނީ ހުޅުދޫ އަދި މީދޫގެ ނަރުދަމާ ނިޒާމެވެ.

ހިތަދޫގެ ރައްޔިތުންގެ ބޭސްފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނިގެން އާސަންދަ ލިބޭނެކަމުގެ ޔަގީންކަން ލިބި ރަށުގެ ހޮސްޕިޓަލުން ލިބޭ ހިދުމަތްތައް ފުޅާވުމަކީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ޚަބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ދޮންދީދީ

17-Sep-2020

އައްޑޫއިން އިންޑިޔާ ސިފައިން ބާލުވަ ދެއްވާ.. އެއީ އެންމެ ބޮޑަށް ބޭނުންވާކަމަކީ..


-2

ދޮންރަހާގެ ދީދީ

17-Sep-2020

އެންމެ ކަންބޮޑުވަނީ އައްޑޫގައި އިންޑިޔާގެ މިލްޓްރީ ބޭސް އެއް ހަދާތީ.. ކޮންމެ ނަމެއްކިޔަސްވެސް އެތަނަކީ އިންޑިޔާއަށް ދިނުން އައްޑޫ މީހުން އެދޭތަނެއް ނޫން.. އެހެންވީމާ, އެމީހުން އެތަނުންބާލުވާލަ ދެއްވާ.. މަގޭ ތާއީދު އާއިލާގެ އެންމެންގެ ތާއީދު ދާއިމަށް ތިބޭފުޅުންނާއި އެކުގައިވާނެ.. އައްޑޫގެ އެއްވެސް ދަރިޔަކު ނޭދޭ އިންޑިޔާގެ ފައުޖެއް އެރަށުގައި ޤާއިމުވެ ތިބެން.. ހަތިޔާރާއެކުވެސް އަދި ހަތިޔާރު ނެތިވެސް.. ވެރިކަން ކުރައްވާ ވެރިކަމުގައި ތިއްބަވާ.. އަހަރުމެން ބޭރުބަޔަކާޢި ހަވާލު ނުކުރައްވާ އާދޭސް މިދަންނަވަނީ.. ރައިޔަތުން ނަށްވީ ވަރަކުން މިއަދާއި ހަމަޔަށް ވެސް އެމްޑީޕީ ދިފާއުކޮށްދީފައިވާނީ.. އަދިވެސް އެކަންކުރެވޭނެ.. އެކަމަކު ޝަރުޡަކީ އިންޑިޔަނުން ބޭރުކޮށްދެއްވުން.. އާދޭސް މިދަންނަވަނީ.. އެއީ ކޮންމެ މީހަކު އެޅި ފައުނޑޭޝަނަކަށްވިޔަސް މިހަރު ވެރިކަމުގައި ތިއްބެވޭި ތިބޭފުޅުން އެންވެ މިއާދޭސް މިދަންނަވަނީ.. ﷲ އަށްޓަކައި މިއާދޭސް އަޑުއައްސަވާފައި އެމީހުން މިތަނުން ބޭރުކޮށްދެއްވާ!



ޓްރެންޑިން