ފަހަތުން އަރައި ކައި ހަވާޓްސް އާއި ޓީމޯ ވާނާ ޖެހި ގޯލްތަކާއެކު ޖަރުމަނުން ސްވިޒަލޭންޑް އަތުން ޕޮއިންޓެއް ހޯދައިފިއެވެ.
ޖަރުމަނުގައި ރޭ ކުޅުނު މެޗު 3-3 އިން އެއްވަރު ވެގެން ނިމުނުއިރު، މެޗުގައި ކައި އަދި ވާނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލޭންޑުން ދެ ގޯލް ޖެހިއެވެ. މާރިއޯ ގަވްރަނޮވިޗްއާއި ރެމޯ ފްރިއުލާގެ ގޯލުން ސްވިޒަލޭންޑް ލީޑު ކުރަމުން އަންނަނިކޮށް، ޖަރުމަނަށް އުންމީދު ގެނެސްދިނީ ހާފު ނިމުމުގެ ކުރިން ވާނާ ޖަހައިދިން ގޯލުންނެވެ. ވާނާގެ ގޯލަށް ފުރުސަތު ފަހިކޮށްދިނީ ކައިއެވެ.
ދެވަނަ ހާފުގައި ކައި ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެހެންނަމަވެސް ކައިގެ ގޯލަށް މިނެޓެއް ނުވެ ޖަރުމަނު ކޮޅަށް ތިންވަނަ ގޯލެއް ވަނެވެ. އެ ގޯލްވެސް ޖެހީ ފުރަތަމަ ގޯލް ޖެހި ގަވްރަނިޗެވެ. ރޭގެ މެޗުން ޖަރުމަނަށް ޕޮއިންޓެއް ހޯދައިދިނީ ސާޖް ނަބެރީ ފައިގެ ފުންނާބުން ވައްދާލި ގޯލުންނެވެ.
ރޭގެ މެޗާއެކު ޖަރުމަނު ޖާޒީގައި 100 މެޗު ކުޅުނު 12 ވަނަ ކުޅުންތެރިޔާގެ ޝަރަފު ޓޯނީ ކްރޫސްއަށް ވަނީ ލިބިފައެވެ. ޔޫއެފާ ނޭޝަންސް ލީގުގައި ޖަރުމަނުން ގްރޫޕް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ސްޕެއިންއަށްވުރެ ޕޮއިންޓެއް މަދުން ލިބިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު