ނެދަލޭންޑްސްގެ 89 އަހަރުގެ އަންހެނަކަށް ދެވަނަ ފަހަރު ކޮވިޑް ޖެހިގެން، މަރުވެއްޖެކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފިއެވެ.

މިއީ ދުނިޔޭގައި، އެކަކަށް ދެފަހަރު ކޮވިޑް ޖެހިގެން މަރުވި ފުރަތަމަ ފަހަރުވެސްމެއެއެވެ. 89 އަހަރުގެ މި އަންހެންމީހާ އަކީ، ބޯން މެރޯ ކެންސަރަށް ފަރުވާ ހޯދަމުންދާ މީހެކެވެ. ނަމަވެސް މިއަންހެން މީހާ ބަލަމުން ދިޔަ ޑޮކްޓަރުން ލަފާ ކުރާ ގޮތުން، ކެންސަރަށް ފަރުވާ ހޯދަމުން ދިޔަނަމަވެސް، މި އަންމީހާގެ ދީފާއީބާރުން ކޮވިޑް އިން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުކަމަށް ދައްކާފައިވެއެވެ.

މިއަހަރުގެ ކުރީކޮޅު، ކޮވިޑް ގެ އަލާމާތްތަކާއެކު އެޑްމިޓް ކުރި މިއަންހެންމީހާ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، 5 ދުވަސް ފަހުން ވަނީ ހާލު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި އޭގެ 59 ދުވަސް ފަހުން، ކެންސަރަށް ފަރުވާ ހޯދުމަށް، ކީމޯތެރަޕީގެ ދެވަނަ އަށް ވީދުވަހު، އޭނާ ހުން އައިސް، ކެއްސާ، ނޭވާލާން އުނދަގޫވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން، ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިތިވް ވިކަން ވަނީ އެނގިފައެވެ.

ދެފަހަރަށް ޕޮޒިޓިވްވުމާއި ދޭތެރޭ ކޮވިޑް ޓެސްޓެއް ހެދިފައިނުވުމުން، މިއަންހެންމީހާ ކޮވިޑް އަށް ނެގަޓިވްވެފައިވަނީ ކޮންއިރަކުކަމެއް އެނގިފައިނުވާކަމަށްވެސް މިއަންހެން މީހާ ބަލަމުން ދިޔަ ޑޮކްޓަރުން ބުނެފައިވެއެވެ. ނަމަވެސް ދެފަހަރަށް ޕޮޒިޓިވްވުމުން ނެގި ޓެސްޓުތަކުން، ކޮވިޑް ވައިރަސްގެ ޖެނެޓިކް ތަފާތުކަމެއް ދައްކާކަމަށްވެސް ޑޮކްޓަރުންގެ ތަހުލީލުތަކުން ހާމަވެފައިވެއެވެ.

މިއަންހެެންމީހާ މަރުވެފައިވަނީ ދެވަނަ ފަހަރަށް ކޮވިޑް ޖެހި، ހާލުބޮޑުވެ އޭގެ ދެހުފްތާފަހުންނެވެ.

މިއީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ދެފަހަރަށް ކޮވިޑް ޖެހިގެން މީހަކު މަރުވިފަހަރުކަމުގައި ވީނަމަވެސް، މީގެ ކުރިން އެމެރިކާގައި 25 އަހަރުގެ ފިރިހެނަކާއި، ހޮންކޮންގައި 33 އަހަރުގެ ފިރިހެނަކަށް ވަނީ ދެފަހަރަށް ކޮވިޑް ޖެހިފައެވެ. އަދި މިދެމީހުންގެ ހާލު ރަނގަޅުވެ ކޮވިޑް އިން ސަލާމަތްވެފައިވެސްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން