ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ
ކޯވިޑް-19 އާއިގުޅިގެން ބަންދުކޮށްފައިވާ ކެނެޑާގެ ބޯޑަރުތައް އަންނަ ހަފުތާގައި ހުޅުވާގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެމެރިކާގައި ބަލި ކޮންޓްރޯލް ވަންދެން ކެނެޑާގެ ބޯޑަރުތައް ބަންދު ކުރުމަށް، ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެފައިވަނީ، އެމެރިކާގައި އެއްވެސް ވަރަކަށް ބަލި ކޮންޓްރޯލު ނުވެ، އަދިވެސް އިތުރު ކޭސްތައް ފެންނަމުންދާތީވެ، ދެގައުމުގެ ގުޅޭ ބޯޑަރު ހުޅުވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފެނިވަޑައި ނުގަންނަވަ ކަމަށެވެ. މީގެ އިތުރުން ދެގައުމުގެ ގުޅުވައިދޭ ބޯޑަރު ހުޅުވުއިފިނަމަ، ކެނެޑާގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ ދެވަނަ ރާޅުން ސަލާމަތްވާން އިތުރު ހުރަހަކަށް ވުމަކީވެސް އެކަށީގެންވާކަމެއްކަމަށް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.

ކެނެޑާ ސަރުކާރުން ހާމަކޮށްފައިވާގޮތުގައި، ކެނެޑާގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ ދެވަނަ ރާޅުން، މިދިޔަ ދެހަފްތާގައި އެކަނިވެސް 31،000 މީހުން ކޮވިޑަށް ޕޮޒިޓިވްވެ 372 މީހަކު ބަލީގައި މަރުވެފައިވާ ކަމަށެވެ. މިއާއެކު ކެނެޑާއިން މިހާތަނަށް މިބަލި ޖެހުނު މީހުންގެ އަދަދު 190،000 ވުރެ މައްޗަށްގޮސް، މަރުވި މީހުންގެ އަދަދު 9،750 އަށް ވަނީ އަރައިފައެވެ.

ކެނެޑާގައި މިހާރު ކުރިއަށްދާ ކޮވިޑްގެ ދެވަނަ ރާޅުން ސަލާމަތްވުމަށް އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި، ކެނެޑާގެ ބޮޑުވަޒީރު ގޮވާލައްވާފައިވެއެވެ.

"މީގެ ކުރިންވެސް ކޮވިޑް ކޮންޓްރޯލް ކުރެވިއްޖެ، އަދި ފުރަތަމަ ފަހަރު ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރެވުނު ކަންތަތައްތަކުން އެތަކެއް ފިލާވަޅެއް ދަސްވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ރަނގަޅު ކުރުމަށް އެކި ގޮތްތައް ހޯދާފައިވާނެ." ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައްކާތެރި ކަމުގެ މިފިޔަވަޅުތައް ވަރުގަދަކުރިނަމަވެސް، ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް މާބޮޑު ހުރަހެއް ނޭޅޭނެ ކަމަށާއި، ގަދަ ކަމުން އެއްވެސް ބަޔަކު ކެނެޑާގައި ބަންދުކޮށްފައި ނުބައިތިއްބާނެ ކަމަށްވެސް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ. ނަމަވެސް ދަތުރު ކުރާ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސު ކޮވިޑްގެ ނުރައްކަލަށް ހުށަހެޅިދާނެކަމަށް ވިސްނައިގެން ދަތުރުކުރުމަށްވެސް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން